ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-E1/1/2024/57
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 15:42
ސުންގަޑި: 06 ޖޫން 2024 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/48 (06 މޭ 2024) އިޢުލާނާއި ގުޅޭ

     މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/48  (06 މޭ 2024) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

     ހަވާލާދީފައިވާ އިޢުލާނުގައި ދެންނެވިފައިވާ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓެޓަސް، މި އޮފީހުގެ ވެބްސައިޓު (www.customs.gov.mv) ގެ ހޯމް ޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުޠުހަމަވާ ފަރާތްތަކަށް އިމްތިޙާން ބާއްވާނެ ތާރީޚާއި ތަނުގެ މައުލޫމާތު އެފަރާތްތަކަށް ފަހުން އަންގާނެ ކަމުގައި ދަންނަވަމެވެ. އިމްތިޙާނާއި ބެހޭ މައުލޫމާތާއި އިމްތިޙާނުގެ މުގައްރަރުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ނަމޫނާ ސުވާލު ކަރުދާސް މި އޮފީހުގެ ވެބްސައިޓުގެ ޑައުންލޯޑްސް (https://www.customs.gov.mv/Media/Materials/careers) އިން ފެންނަން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

     މިހާރު އާންމުކުރެވިފައިވާ މައުލޫމާތާބެހޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަމެއް ސާފުކުރަން ބޭނުންވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރާއި  ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ. އީމެއިލް ކުރުމުގެ ސުންގަޑިއަކީ 2024 ޖޫން 06 ވަނަ ދުވަހުގެ 14:00 އެވެ.

04 ޖޫން 2024