ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި 5 މަގުބައްތި ކޭބަލްވަޅުލާ ބައްތި ބުޑުއަޅާ ހަރުކުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 2024 ޖޫން 24 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް ފޯމު އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގައި ރަޖިސްޓްރީވުމަށް ފޯމް ނަންގަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެއެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
ތަފްސީލު |
ތާރީޚް |
ގަޑި |
ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި |
24.06.2024 |
13:15 |
ޕްރީ ބިޑް މީޓިންގ (މަޢުލޫމާތު ސެޝަން) |
27.06.2024 |
13:15 |
ބިޑް ހުށަހެޅުން |
02.07.2024 |
13:15 |
އީމެއިލް [email protected] |
||
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީ ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އާއި ދެމެދު 6540049 ގުޅުއްވުމަށް ދަންނަވަމެވެ. |