ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)244-CAA/244/2024/28
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 12:03
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު: 11/2024 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 15/2010 އިޞްލާޙުކުރުން، ތިލަދުންމަތީ އުތުރުބުރީ

     އިޢުލާން

       ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން 2010 އޮކްޓޯބަރ 14 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 15/2010 (ދިވެހި ރާއްޖޭގައި މީހުންދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙް ގެނެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ ބާބާއި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ތިލަދުންމަތީ އުތުރުބުރީ "ވަނގާރު" އަކީ އެ އަތޮޅު ތުރާކުނުގެ ބައެއްކަމުގައި 17 އޭޕްރީލް 2024 ( 08 ޝައްވާލް 1445) ގައި ވަނީ ކަނޑައަޅާފައެވެ.

       އެހެންކަމުން،  2024 ޖޫން 05 ވަނަ ދުވަހުން ފެށިގެން ހއ.ވަނގާރަށް އަރާ ފޭބުމަށް މި އިދާރާއިން ޙުއްދަ ހޯދަން ޖެހޭނެކަމުގައި ދަންނަވަމެވެ. "ހއ.ވަނގާރަށް އަރާ ފޭބުމުގެ ޙުއްދައަށް އެދޭ ފޯމް" އަދި ޤަރާރު ނަންބަރ: 11/2024 މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވަނގާރަށް ދަތުރުކުރަން ބޭނުންވާ ދުވަހުގެ 03 ދުވަސް ކުރިން ފޯމު ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

       މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޖޫން 2024