ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)231-AH/231/2015/28
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2015
ޕަބްލިޝްކުރި ގަޑި: 10:03
ސުންގަޑި: 21 މޭ 2015 15:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ޅ. ނައިފަރު

ސެކްޝަން

ކޯޕަރޭޓް އެފެއާޒް/ އެޑްމިނިސްޓްރޭޝަން، އެޗް. އާރު އެންޑް އިންފޮމޭޝަން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސާ ޢިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

- އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓް ހަދައި އަޕްގްރޭޑްކޮށް ބެލެހެއްޓުން.

- ކޮމްޕިއުޓަރ ނެޓްވޯކާއި ކޮމްޕިއުޓަރަށް ދިމާވާ ޓެކްނިކަލް ކަންތައް ރަނގަޅުކުރުން.

- ސަރވާ މެދުވެރިކޮށް އީމެއިލް މުޢާމަލާތް ކުރެވޭނޭގޮތް ހެދުން.

- އައިޓީއަށް ހޯދާ ތަކެތީގެ ދަފްތަރު ހަދައި ބެލެހެއްޓުން.

- ފޯނާއި ފެކުހަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.

- ކައުންސިލް އިދާރާގެ ކޮޕްޕިޔުޓަރުތަކަށް ސޮފްޓްވެއަރ އެޅުމާއި، އިންފޮރމޭޝަން ޓެކްނޮލޮޖީއާ ބެހޭގޮތުން ކުރަންޖެހޭ ހުރިހައިކަމެއްކޮށް ބެލެހެއްޓުން.

- ކައުންސިލް އިދާރާގެ ސަރވަރއަށް ޖެހޭ މައްސަލަތައް ޙައްލުކުރުމާއި، ސަރވަރގެ މެއިންޓަނަންސް މަސައްކަތްތައް ބެލެހެއްޓުން.

- ފިންގަރ ޕްރިންޓް މެޝިނަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.

އެޕްލިކޭޝަން  ފޮނުވަންވީ ތާރީޚާއި ތަން

2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން  ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.,mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  3. ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. އެޕްލައިކުރާ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި މަސައްކަތް ކުރަމުންގެންދާނަމަ، އެ މަސައްކަތާ ގުޅޭ މަޢުލޫމާތާއި، މީގެ ކުރިން އެފަދަ ވަޒީފާއެއްގައި ނުވަތަ ވަޒީފާތަކެއްގައި މަސައްކަތްކޮށްފައިވާނަމަ، އެ ވަޒީފާގައި ނުވަތަ ވަޒީފާތަކުގައި ކޮށްފައިވާ މަސައްކަތް/ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (ތަނެއްގައި އުޅުނުކަމުގެ ލިޔުން ހުށަހަޅާއިރު އެތާނގައި ވަޒީފާ އަދާކޮށްފައިވާ މުއްދަތު (ވަޒީފާދެއްވި ތާރީޚާއި، ވަޒީފާއިން ވަކިވި ތާރީޚު) އެނގެންއޮތުމާއެކު، އެތަނަކީ ހާޒިރީ އުސޫލުން މަސައްކަތްކުރާ ތަނެއްނަމަ، އެކަން އެނގެން އޮންނަންވާނެއެވެ.)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)
  7. ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމް" (ސިވިލް ސަރވިސްގައި މަސައްކަތްކުރަމުންދާ މުވައްޒަފަކުވެސް މި ފޯމް ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)

ވަޒީފާއަށް ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ބައެއް ކަންތައްތަކާއި، މާކްސްދެވޭ މިންގަނޑު

- ވަޒީފާގެ ޝަރުޠު ފުރިހަމަވުން.

- ތަޢުލީމާއި ތަމްރީން / ލިބިފައިވާ އިތުރު ތަޢުލީމް / ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު ތަމްރީން  

  • ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ / އެހެން މަސައްކަތްތަކުގެ ތަޖުރިބާ/ ލިބިފައިވަ ހުނަރު/ އިންޓަވިއު / ޕްރެކްޓިކަލްސް ވަޒީފާގެ ދާއިރާއިން ޓެކްނިކަލް އަދި ޕްރޮފެޝަނަލް މަސައްކަތުގެ މަޢްލޫމާތު ލިބިފައިވާ މިންވަރު  %20
  • މަސައްކަތުގެ ދާއިރާގެ ފަންނީ ޤާބިލްކަމަށް %20
  • ލީޑަރ ޝިޕް ހުނަރާއި، ގުޅިގެން މަސައްކަތް ކުރުމަށް %20
  • ތަޞައްވުރު، ޖިސްމަނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަން، ޤާނޫނާޢި ޤަވާޢިދަށް އަހުލުވެރިވެފައިވާ މިންވަރު %40

އިންޓަރވިއު އޮންނާނެ ތާރީޚާއި، ތަން

- އިޢުލާނުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ.

-  އިންޓަވިއު އޮންނާނީ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

ނޯޓް

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބާޠިލް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ  6620331  ނަންބަރު  ފޯނަށް  ނުވަތަ  6620261  ނަންބަރު  ފޯނަށެެވެ.  ފެކްސް ނަންބަރަކީ 6620043 އެވެ. 

23 ރަޖަބު  1436

12 މޭ 2015