ތަމްރީނު
ނަންބަރު: MNU-CA-RG/2024/7
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 25 ޖުލައި 2024 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ދެވަނަ ޓާމުގެ އިތުރު ކޯހަށް އިޢުލާން ކުުރުން

އޮގަސްޓު 2024 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހަށް އެޕްލައިކުރުން 04 ޖޫން 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް  portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސް

1-  އެޑްވާންސްޑް ޑިޕްލޮމާ އިން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ – ފުލްޓައިމް - މާލެ

 

 

ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:

Additional course announcement - 2024 Term 2

 

27 ޛުލްޤައިދާ 1445

04 ޖޫން 2024