ނީލަން
ނަންބަރު: (IUL)332-ESD/332/2024/55
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި:
13 ޖޫން 2024 10:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަން ކިއުން - ފެންސް ދާގަނޑު
2 ވަނަ އިޢުލާން:
ދިއްފުށި ފުޓްސަލް ދަނޑުގެ މަރާމާތްތަށް ކުރުމަށް ހަލާކުވެގެން ނަގާފައިވާ ބައެއް ތަކެތި ނީލަން ކިއުން، 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ސިނާއީ ސަރަޙައްދުގައި އޮންނާނެއެވެ.
ނީލަންކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.
ލޮޓު ނަމްބަރު |
މުދާ |
ރޭޓް |
ޢަދަދު |
ނީލަންކިޔަން ފެށޭ އަގު |
ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު |
02 |
ފެންސް ދާގަނޑު |
500.00 |
1 |
500.00ރ |
100.00ރ |
ނީލަން ކިއުމުގެ އުސޫލު
- ނީލަންކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު ކޮންމެ ލޮޓަކަށް ނީލަން ނަމްބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ނީލަން ނަމްބަރު ފެންނާނެހެން ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
- ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ޙާޟިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް 2 ނުވަތަ 1 ބައިވެރިންގެ ޙާޟިރުގައި ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
- ފުރަތަމަ ނީލަންކިޔަން ފެށޭނީ މަތީގައިވާ ތާވަލުގައިވާ ބައިތަކުގެ (ލޮޓު) ނަމްބަރު ވަކިންނެވެ. މިގޮތަށް ނީލަންކިޔާއިރު ނީލަންކިޔަންފެށޭ އަގަކީ މަތީގައިވާ ތާވަލުގައި ނީލަން ފަށަން ކަނޑައަޅާފައިވާ އަގުންނެވެ.
- ބައިތައް (ލޮޓު) ނީލަންކިއުމަށްފަހު ނީލަން ކާމިޔާބު ކޮށްފައިނުވާ ބައިތަކުގެ (ލޮޓު) ތެރެއިން އެއްބައެއްގައި (ލޮޓު) ތަކެތީގެ އަދަދު 1 ވުރެ ގިނަނަމަ މިތަކެތި ވަކިން ނީލަންކިޔަން ފެށޭނެއެވެ. މިގޮތަށް ނީލަންކިޔާއިރު ނީލަންކިޔަން ފެށޭ އަގަކީ މަތީގައިވާ ތާވަލުގައި ނީލަން ފަށަން ކަނޑައަޅާފައިވާ ރޭޓެވެ.
- ނީލަމުގައި ހުށަހަޅާ އަގުތަށް، ނީލަމުގައި ބައިވެރިވާ ފަރާތްކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިއަކު އަގެއް ހުށަހަޅާ، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ އެއަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެއެވެ.
- ނީލަން ނިމުނުގޮތް ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ޙާޟިރުގައި އިޢުލާނުކޮށް ނީލަން ކާމިޔާބުކުރި ފަރާތަށް "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ޙަވާލު ކުރެވޭނެއެވެ.
- ނީލަން ކާމިޔާބުކުރި ފަރާތުން ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މިއިދާރާއަށް ދައްކާ ޚަލާސް ކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދައު ޙަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެމުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކާ ޚަލާސް ކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެމުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސް ނުކޮށްފިނަމަ އެމުދަލެއް އަލުން ނީލަން ކިއުމަށް އިޢުލާނު ކުރެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
04 ޖޫން 2024