ދިވެހިރާއްޖެ
ކެނދިކޮޅު އަވަށު ދިމާފަޅުގައި ހުރި އީކޯ ޕާކްތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް 16 މެއި 2024 ގައި ކޮށްފައިވާ އިޢުލާނު ނަންބަރު: (IUL)286-MP/286/2024/17 އާއި ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދެވިފައިވާ ޕްރޮޖެކްޓުގެ ޓެކްނިކަލް ސްޕެސިފިކޭޝަނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން 16 މެއި 2024 ގައި ކޮށްފައިވާ އިޢުލާނަށް ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2024 ވާ އާދީއްތަ ދުވަހު 13:00 ކަމުގައި ދަންނަވަމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވެ މަޢުލޫމާތު ސެޝަންގައި ބައިވެރިވެފައިވާ ފަރާތްތަކަށެވެ.
ބީލަން ހުޅުވުން: (30 ޖޫން 2024، ވާ އާދީއްތަ ދުވަހު 13:00 ގައި)
ތަން: ކެނދި މާލަމް، ކެނދިކުޅުދޫ ކައުންސިލުގެ އިދާރާ
ބީލަމުގައި ރަޖިސްޓްރީކޮށް މަޢުލޫމާތު ސެޝަންއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން، ބީލަން ހުށަހެޅުމަށް އަލަށް ތާވަލު ކުރެވިފައިވާ ތާރީޙާއި ގަޑިއަށް ސަމާލުވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
26 ޛުލްޤައިދާ 1445
3 ޖޫން 2024