ދިވެހިރާއްޖެ
"ގައްދޫ ސަރފިންގް އެތްލެޓިކްސް ޕްރޮގްރާމް" އަށް އިންސްޓްރަކްޓަރުން ހޯދުމާއި ގުޅޭ.
ޤައުމީ ކުޅިވަރެއްގެ ގޮތުގައި ގައްދޫއަށް އެންމެ ގިނަ ވަނަތައް ހޯދާފައިވާ ކުޅިވަރަކީ ސަރފިން ކަމުގައިވާތީ ގައްދޫގައި މިކުޅިވަރު ދިރުވައި އާލާކޮށް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އާ އެތުލީޓުން އުފެއްދުމުގެ ބޭނުމުގައި ސަރފިންގ އެތްލެޓިކްސް ޕްރޮގްރާމެއް ކުރިޔަށްގެންދިޔުމަށް ކައުންސިލުން ވަނީ ރާވާފައެވެ. މި ޕްރޮގްރާމު ކުރިޔަށްގެންދިޔުމަށް ރާވާފައިވަނީ ކަމުގެ ތަޖުރިބާހުރި އިންސްޓްރަކްޓަރުންގެ އެހީއާއެކުގައެވެ.
އެހެންކަމުން، މި ޕްރޮގްރާމުގައި އިންސްޓްރަކްޓަރުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ހުޅުވާލަމެވެ.
- މަސައްކަތައް ހުށަހެޅޭ ފަރާތްތައް:
- އަމިއްލަ ފަރުދުން
- ވިޔަފާރިތައް ( ޤާނޫނު ނަމްބަރު 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް)
- ޖަމިއްޔާ ޖަމާޢަތްތައް ( ޤާނޫނު ނަމްބަރު 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް)
- އިންސްޓްރަކްޓަރުން ބޭނުންވާ އަދަދު: 2
- މުސާރަ: ދުވާލަކަށް 500.00 ރ
- މުއްދަތު: 30 ދުވަސް
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެ ނަން ނޯޓް ކޮށްދެއްވުން އެދެމެވެ.
ނަން ނޯޓް ކުރުން އޮންނާނީ އިދާރާ ހުޅުވާފައި ހުންނަ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 9120126 ގުޅުއްވުން އެދެމެވެ.