ދިވެހިރާއްޖެ
މަސްކަނޑާ ތަނެއް އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭއްނުންވެއްޖެއެވެ.
މިކައުންސިލުން ދައްކާ ނަމޫނާ އާއި އެއްގޮތަށް މަސްކަނޑާ ތަނެއް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯއްދުމަށް ކުރެވުނު ނަންބަރު 27/2024/300/(IUL)300-EC ( 06 މެއި 2024 )ގެ އިޢުލާނުގެ ކުރެހުމަށް ގެނެވުނު ބަދަލަކާއި ގުޅިގެން އެ އިޢުލާނަށް ބަތިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވިމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު، ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 10 ޖޫން 2024 ވާ (ހޯމަ) ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ ހޮޓްލައިން ނަންބަރު 9777183 އަށް ގުޅުއްވައިގެން ރަޖިސްޓްރީވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ގަޑި |
ރަޖިސްޓަރ ވުމުގެ ސުން ގަޑި |
10 ޖޫން 2024 (ހޯމަ) |
10:00 |
މައުލޫމާތު ދިނުން |
10 ޖޫން 2024 (ހޯމަ) |
13:30 |
އަންދާސީ ހިސާބު ހުށަހެޅުން |
13 ޖޫން 2024 (ބުރާސްފަތި) |
13:30 |
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރަސްގެތީމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
03 ޖޫން 2024