މަސައްކަތް
ނަންބަރު: (IUL)113-PD/1/2024/77
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 06 ޖޫން 2024 09:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯޓް ރެޒިޑެންސްގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތާ ގުޅޭ.

މި ކުންފުނީގެ ބޭނުމަށް ހުޅުމާލޭ ފޭސް-2 ގައި އިމާރާތްކޮށްފައިވާ ޕޯޓް ރެޒިޑެންސް 15 ބުރީގެ 3 ޓަވަރުވަށާ ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

   ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މަޢުލޫމާތު ސާފުކުރުން އަދި ސައިޓް އިންސްޕެކްޝަން

 

06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 09:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފިލްކުރުން.

މަޢުލޫމާތު ބައްދަލުވުން އަދި ސައިޓް އިންސްޕެކްޝަން 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހުޅުމާލޭ ފޭސް-2 ގައި އިމާރާތްކޮށްފައިވާ ޕޯޓް ރެޒިޑެންސްގެ "ޕީ"  ޓަވަރ (މެދު ޓަވަރ) ގައި.

   

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ބިޑްގައި ރަޖިސްޓަރ ނުވާ ފަރާތްތަކާއި، ސައިޓް އިންސްޕެކްޝަން އަށް ހާޒިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

12 ޖޫން 2024 ވާ ބުދަ ދުވަހުގެ 14:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

އަގު ހުށަހަޅާ ފޯމް، ދާއިރާގެ ތަޖުރިބާ އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް.

     މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށް ވެންނެވުމަށް ފަހު މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.

         އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039256 އަށެވެ.

 

03 ޖޫން 2024