ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ނަންބަރު:(IUL)353/353/2024/59
އިޢުލާނު
ބިދޭސީ ވެހި ޢިމާރާތްކުރުން ފިޔަވަހި 2
ކައުންސިލުން ހިންގާ ވޭސްޓް މެނޭޖްމަންޓް ޔުނިޓްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ތިބުމަށްޓަކައި ޢިމާރާތްކޮށް ހިޔާކޮށްފައިވާ "ބިދޭސީ ވެހި" ޢިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު:(IUL)353/353/2024/59 އިޢުލާނުގައިވާ ބިޑު ހުށަހަޅަންޖެހޭ ތާރީޚް ބަންދު ދުވަހަކާ ދިމާވާތީ، މިއިޢުލާނު ބާތިލުކޮށް މިމަސައްކަތަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 6 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މާލަމުގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޒިރުނުވާ ފަރާތްތަކަށްވެސް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ. ނަމަވެސް މަސައްކަތް ކުރަންވާނީ، މަޢުލޫމާތު ޝީޓްގައިވާ ގޮތުގެމަތިންނެވެ. ބީލަން ފޯމާއި މަސައްކަތުގެ މަޢުލޫމާތު ޝީޓް، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށްފަހު ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
ބީލަން ހުށަހެޅުމުގެ ޝަރުޠު
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ، ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ބީލަން ހުށަހެޅުމަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
- މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 09 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށްޓަކައި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ -/50ރ (ފަންސާސް) ރުފިޔާއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުށަހަޅުއްވާނީ އެ ބޭނުމަށް ކައުންސިލް އިދާރާގެ ކައުންޓަރުން ދޫކުރާ ފޯމަކުންނެވެ. ފޯމާއެކު ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން ބީލަން ފޯމާއެކު ހުށަހެޅުމަށް އިރުޝާދު ދީފައިވާ އެންމެހާ ލިޔެކިއުންތައް، ބީލަން ފޯމާއެކު ހުށަހަޅަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
26 ޒުލްޤައިދާ 1445
03 ޖޫން 2024
(ސޮއި)
ޢާއިޝަތު އަބޫބަކުރު
ކައުންސިލް މެމްބަރު