މަސައްކަތް
ނަންބަރު: (IUL) 268/2024/26
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި:
12 ޖޫން 2024 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ޕޯޑިއަމެއް ތައްޔާރުކުރުމާއި ގުޅޭ
މިއިދާރާއިން ފޯރުކޮށްދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ޕޯޑިއަމެއް ތައްޔާރުކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ކުރެހުމުގެ ނަމޫނާ މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖޫން 2024ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ނޭކުރެންދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ [email protected] ،[email protected] އަށް އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.
- ޕޯޑިއަމް ތައްޔާރުކުރަންވާނީ 18 އެމްއެމް ބޯމިނުގެ ގަދަމުށި ނުވަތަ އެއްކޮށްކަޅު ކުލައިގެ ކަބަޑު ފިލައިންނެވެ.
- ސްކޫލް ބެޖު ގަދަނޫކުލައިން (ނޭކުރެންދޫ ސްކޫލްގެ ބެޖުގެކުލައިން) އިންނަންވާނެއެވެ.
- އިޢުލާނާއެކުވާ ކުރެހުމާއި އެއްގޮތަށް ދީފައިވާ މިންތަކަށް ޕޯޑިއަމް ތައްޔާރުކުރުން
- ބީލަން ހުށަހަޅާ ފޯމުގައި އަންދާސީ ހިސާބު/ކޯޓޭޝަން ހުށަހެޅުން
- ކުންފުނި/ޕާޓްނާޝިޕް/ކޯޕަރޭޓިވް ސޮސައިޓީ/އަމިއްލަފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުން (އަމިއްލަ ފަރާތެއް ނަމަ އައިޑީ ކާޑުކޮޕީ ހުށަހެޅުން)
- ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީއެސްޓީ ރަޖިސްޓަރީ ކޮށްފައިވާނަމަ) ހުށަހެޅުން
- މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށެވެ.
- އިތުރު މައުލޫމާތު ،ފޯން: 6520042
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
03 ޖޫން 2024