ވަޒީފާގެ ފުރުޞަތު
ނަންބަރު: ( IUL)GAAH-HR/2015/19
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 28 މޭ 2015 14:30
ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕަބްލިކް ރިލޭޝަން އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ގއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހެކެވެ.

މަޤާމް

އެސިސްޓެންޓް ޕަބްލިކް ރިލޭޝަން އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ. އަތޮޅު ހޮސްޕިޓަލް / ގއ. ވިލިނގިލި

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނާއި، ބަލިމީހާގެ އެހީތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ފްރަންޓް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން.
  • ފްރަންޓް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށްފައި ނެރުން.
  • ރެފަރކުރާ ބަލިމީހުންގެ ކަންތައްތައް ކުރިއަށް ގެންދިއުން.

މަޤާމުގެ ޝަރުޠު

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑ" ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/25 ރުފިޔާ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑ

2015 މޭ 28 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން، ގއ. އަތޮޅު ހޮސްޕިޓަލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

- 2015 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- ތަޢުލީމާއި  ތަޖުރިބާއަށް  ބެލުމަށްފަހު،  އިންޓަވިއުއަށް  ހާޒިރުވާންޖެހޭ  ދުވަހާއި  ގަޑި،  އިންޓަވިއު  ބާއްވާ ތާރީޚުގެ 24 ގަޑިއިރުގެ ކުރިން، ލިޔުމުން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 6820070 ނަންބަރު ފޯނަށެެވެ.  

25 ރަޖަބު 1436

14 މޭ 2015