މަސައްކަތް
ނަންބަރު: (IUL)492-PS/492/2024/88
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 12 ޖޫން 2024 12:00
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ރާއްޖޭގެ ރަށްތަކުގެ އޮޅުއަލަ އާލާކޮށް އެއަށް ދިމާވާ ބަލިތަކަށް ހައްލު ހޯދުމަށްޓަކައި ބޭނުންވާ

މި މިނިސްޓްރީއިން ރާއްޖޭގެ ރަށްތަކުގެ އޮޅުއަލަ އާލާކޮށް އެއަށް ދިމާވާ ބަލިތަކަށް ހައްލު ހޯދުމަށްޓަކައި ބޭނުންވާ "ޓާރޯލީފް ބްލައިޓް ރެސިސްޓަންޓް" މުޑުވައް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު (IUL)492-PS/492/2024/80 ނަންބަރު އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާޒީ ހިސާބު ހުށަހަޅައިފައި ނުވާތީ އަލުން މިފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 12 ޖޫން 2024 ވާ ބުދަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 12:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282 އަދި 3339279 ނަންބަރު ފޯނަށެވެ.

03 ޖޫން 2024