ދިވެހިރާއްޖެ
މި ކައުންސިލަށް ވެބްސައިޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)340/340/2024/6 (27 ޖަނަވަރީ 2024) އިޢުލާނާގުޅިގެން ހުށަހަޅާފައިވާ އަގުތައް މި މަސައްކަތަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުކޮށް ހުށަހަޅާފައިވާތީ އެ ހުށަހެޅުންތައް ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2024 ޖޫން 03 އިން 2024 ޖޫން 12 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ [email protected] އަށް އީމެއިލް ނުވަތަ ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު 6660714 ފޯނާ ގުޅުއްވައިގެން ނުވަތަ ރަސްމީގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.
މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2024 ޖޫން 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.
މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ 2024 ޖޫން 09 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ. އަދި ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2024 ޖޫން 13 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.