ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LMS/468/2024/134
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 03 ޖުލައި 2024 00:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެތަކާއި އެކި އެކި ޢިމާރާތްތަކުގެ ފުރާޅުން މަގުމައްޗަށް އެޅޭ ފެނާއި ގުޅޭ:

  މިސިޓީގެ ބައެއް ގެތަކާއި ޢިމާރާތްތަކުގެ ފުރާޅުންނާއި ފުރާޅުގެ ދިޔަދޮވި ހޮޅިން އަންނަ ފެން މަގުމައްޗަށް ދޫކޮށްލެވިފައިވާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. މިކަމުގެ ސަބަބުން ވިއްސާރަވެ ވާރޭވެހޭ މޫސުމްތަކުގައި މަގުތަކުގައި ފެންބޮޑުވާ މިންވަރު އިތުރުވެ، ހިނގާ ފަރާތްތަކަށާއި، ދުއްވާ އުޅަނދުތަކަށް އެތަކެއް ދަތިތަކާއި ކުރިމަތިވެ ނުރައްކާތެރި ހާދިސާތައް ކުރިމަތިވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. އަދި މީގެ އިތުރުން ބައެއް ގޭގެއަށް ފެންވަދެ އެގޭގޭގެ

މުދަލަށާއި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބޭ ކަމުގެ ޝަކުވާތައް ދަނީ ލިބެމުންނެވެ.  

ގޭގެ ފުރާޅުން، ނުވަތަ ދިޔަދޮވި ހޮޅިން އަންނަ ފެން މަގުމައްޗަށް ހިންދުމަކީ މަނާކަމެކެވެ. އަދި ދިޔަދޮވި ހޮޅިގުޅައި މަގުމައްޗަށް ފުރާޅުން ފެންނުފައިބާ ގޮތް ހެދުމަކީ އެގޯއްޗެއްގެ ވެރިފަރާތުން ނުވަތަ ގޯތި ބެލެހެއްޓުމަށް ޙަވާލުވެފައިވާ ފަރާތްތަކުން ކުރައްވަންޖެހޭ ކަމެކެވެ.

  އެހެންކަމުން މަގު ބޭނުންކުރައްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ގޯތިތަކުގެ ވެރިފަރާތުން ނުވަތަ އެފަރާތުން ހަމަޖައްސަވައިގެން ގޯތި ބެލެހެއްޓުމަށް ޙަވާލު ވެލައްވާފައިވާ ފަރާތްތަކުން މިއަދުން ފެށިގެން 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި، ޢިމާރާތްތަކުގެ ފުރާޅުންނާއި ފުރާޅުގެ ދިޔަދޮވި ހޮޅިން މަގުމައްޗަށް ފެންނުފައިބާ ގޮތް ހެދުމަށް ދަންނަވަމެވެ.

އަދި މިމަސައްކަތުގައި އެންމެހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި، އެހީތެރިކަން ދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.

03 ޖޫން 2024