ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-EP/322/2024/77
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި:
11 ޖޫން 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
5 މަގުބައްތި ޖެހުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު
- މިރަށުގައި އެކިސަރަޙައްދުގައި 5 މަގުބައްތި ޖަހަން ބޭނުންވެގެން 21 މެއި 2024 ގައިކުރި މިއިދާރާގެ ނަންބަރ (IUL)322-EP/322/2024/68 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އަލުން މިކަމަށް ހުޅުވާލަމެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 04 ޖޫން 2024 ން 06 ޖޫން 2024 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.
- ބިޑްގައި ރެޖިސްޓްރީ ވުމަށް އެދޭ ފޯމާއި މަޢުލޫމާތު ޝީޓު، އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓްގައި ހިމަނާފައި ވާނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 ޖޫން 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގައިވިޔަސް ބާޠިލު ކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މިއިދާރާއަށް ގުޅުއްވާ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
- ފޯން: 4005080
- އީމެއިލް: [email protected]
03 ޖޫން 2024