ބީލަން
ނަންބަރު: FSM-ADV/2024/051
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 12 ޖޫން 2024 11:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް،  ބ އޭދަފުށިން އެރަށުގެ (ބޭނުންވެއްޖެ ހިނދެއްގައި ކައިރި ރަށްރަށުގެ) އެމްއެންޑީއެފް، އެމްޕީއެލް އަދި މިނޫންވެސް ސަރުކާރު އިދާރާތަކާއި/ކުންފުނިތަކުގެ އުޅަނދުތަކަށް ޑީސަލާއި ޕެޓްރޯލް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މެއިލްގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

  • ކުންފުނި / ވިޔަފާރި ހުއްދަ / އަމިއްލަ ފަރުދުގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު
  • އިޢުލާނު ނަންބަރު

 ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.

  • ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ، 12 ޖޫން 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.

 މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.  

03 ޖޫން 2024