ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
1- މަޤާމުގެ ނަމާއި، ރޭންކާއި، ކުލެސިފިކޭޝަން:
| މަޤާމުގެ ނަން: | މަސައްކަތު | ރޭންކް: | އެސް. އެސް. 1 | 
| ކުލެސިފިކޭޝަން: | ސަޕޯޓް ސްޓާފް ގްރޭޑް 1 | ވަޒީފާގެ ގިންތި: | ދާއިމީ | 
| ބޭނުންވާ އަދަދު: 3 (ތިނެއް) | |||
2- މުސާރައާއި، ޢިނާޔަތްތައް:
| މުސާރަ: | 3100.00 ރުފިޔާ | ސަރވިސް އެލެވަންސް: | 1,000.00 ރުފިޔާ | 
| އެހެނިހެން އެލަވަންސްތައް: ސިވިލް ސަރވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ. | |||
3- މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:
| މަޤާމު އޮތް އޮފީސް / އިދާރާ: | ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ | 
| ސެކްޝަން: | ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ / ލ. މާވަށު (އަލަށް އިމާރާތްކުރި) މިސްކިތް | 
4- މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާޞާ:
| 
 | 
5- މަޤާމުގެ ޝަރުޠުތައް:
| ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން. | 
6- ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
| 
 
 | ||||||||||||||||||||||||||||||||||||||||||
7- މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެ ތަން:
| މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވަނީ، 25 މޭ 2015 އިން 11 ޖޫން 2015 ގެ ނިޔަލަށް ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު ބޭއްވުމަށް ކަނޑައަޅާ ދުވަސް މި މުއްދަތުގެ ތެރޭގައި، އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރުގެ ކުރިން ލިޔުމަކުން އެންގޭނެއެވެ. | 
8- މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
| 2015 މޭ 24 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއިއެކު ހުށަހަޅަށްޖެހޭ ލިޔުންތައް، ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. ސުންގަނޑި ހަމަވުމުގެފަހުން ހުށަހަޅާ އެއްވެސް ފޯމެއްވެސް، ލިޔުމެއް ބަލައެއް ނުގަނެވޭނެއެވެ. | 
9- ހުށަހަޅަންޖެހޭ ލިޔުންތައް:
| 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބުސައިޓުންނެވެ. 2. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 3. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. | 
10- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، އަމަލުކުރަންވީގޮތް:
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6800718 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6800718 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ. | 
22 ރަޖަބު 1436