ނީލަން
ނަންބަރު: 171-M(F3)/IUL/2024/018
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 10 ޖޫން 2024 09:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
މިމުއައްސަސާގައި ބޭނުންކޮށްފައިވާ 08 ވެހިކަލް ނީލަމުގައި ވިއްކާލުމަށް

ނީލަން ކިއުން.

  1. މިމުއައްސަސާގައި ބޭނުންކޮށްފައިވާ 08 ވެހިކަލް ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.
  2. ނީލަމުގައި  ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްހީރަސް ކޮށްފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަ ކުރެއްްވުމަށްފަހު މިމުއައްސަސާގެ އީ-މެއިލް [email protected]   އަށް މެއިލްކޮށް އަދި [email protected]  އަށް ކޮޕީ ފޮނުވުމުން ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
  3. ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2024 ޖޫން 10 ވަނަ ދުވަހުގެ 09:00 އެވެ. ނީލަމަށް ރަޖިސްޓްރީ
  4. ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  5. ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ 2024 ޖޫން 11 ވަނަ ދުވަހުގެ 10:30 ގައި ހުޅުމާލެ ޕޮލިސް ޓޯޔާޑް / ފޭސް 2 ގައެވެ.
  6. ނީލަން ކިއުން އޮންނާނީ  2024 ޖޫން 12 ދުވަހުގެ 13:00 ގައި  އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ  ދަންނަވަމެވެ.
  7. ނީލަަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރެޖިސްޓަރީ ވުމަށް އެދި ފޯމް ހުށަހަޅާގައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

03 ޖޫން 2024