ވަޒީފާގެ ފުރުޞަތު
ނަންބަރު: GS73/IUL/2015/009
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 21 މޭ 2015 15:00
އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
ދިވެހިރާއްޖެ
ހެލްތު އެސިސްޓެންޓް

އިޢުލާން

ވަޒީީފާގެ ފުރުޞަތު:

މަޤާމް:               ހެލްތު އެސިސްޓެންޓް

ބޭނުންވާ އަދަދު:         1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:    އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ

މަޤާމުގެ ޝަރުޠު:

 

މަޤާމް

 

ރޭންކް

 

ކްލެސިފިކޭޝަން

 

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 

 

 

 

ކައުންސެލަރ އެސިސްޓެންޓް

 

 

 

 

 

GS4

 

 

 

 

 

 

 

 

އޮފިސަރ ގްރޭޑް 2

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

މަހަކު -/5،020 ރުފިޔާ

 

 

 

 

މަހަކު -/1،500 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ދަރިވަރުން ސްކޫލުގައި ތިބޭއިރު ކުއްލިއަކަށް ދިމާވާ ޞިއްޙީ ކަންތައްތަކަށް ފަރުވާދިނުން.

- ދަރިވަރުންގެ ހެލްތު ރެކޯޑްތައް ބަލެހެއްޓުން.

- ދަރިވަރުންގެ ހެލްތު ސްކްރީނިންގެ ކަންތައް ވިލަރެސްކޮށް ބެލެހެއްޓުން.

- ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ ޞިއްޙީ މައްސަލަތައް ފަހަގަކޮށް، އެކަމުގެ މަޢުލޫމާތު ކްލާސް ޓީޗަރާއި، ސްޕަވައިޒަރާއި، ސްކޫލުގެ ވެރިޔާއަށާއި، ބެލެނިވެރިންނާ ހިއްސާކޮށް، އެކަމުގައި ދެވެންއޮތް އެހީތެރިކަމެއް ދިނުން.

- ސުކޫލުގެ ދަރިވަރުން ނުވަތަ ސްޓާފުން ތަމްސީލްކުރާ ކުޅިވަރުގެ ހަރަކާތްތަކާއި، ފަސްޓް އެއިޑް ބޭނުންވެދާނެ އެހެނިހެން ހަރަކާތްތަކުގައި ފަސްޓް އެއިޑުގެ ޚިދުމަތް ދިނުން.

- ދަރިވަރުންގެ ހެދިބޮޑުވުން (އިސްކޮޅާއި ބަރުދަން) ބަލައި ރެކޯޑް ބެލެހެއްޓުން.

- ސްކޫލުގެ ދަރިވަރުން ބޭނުންކުރުމަށް ހުރި ވަސީލަތްތަކަކީ ޞިއްޙީގޮތުން ރައްކާތެރި ވަސީލަތެއްތޯ ބަލައި، އެކަން ކަށަވަރުކުރުން.

- ސްކޫލުގައި ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހަކު  ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި ޓްރާންސްކްރިޕްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި ސިފަތައް.

- ސައިންސްގެ މާއްދާތައް ކިޔަވައިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އެހެންކަމުން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ، އަބޫބަކުރު ސްކޫލުގައެވެ.

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އަބޫބަކުރު ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 15:00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އަބޫބަކުރު ސްކޫލުގެ 6845250 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

22 ރަޖަބު 1436

11 މޭ 2015