ދިވެހިރާއްޖެ
އިޢުލާން
ވަޒީީފާގެ ފުރުޞަތު:
މަޤާމް: ކައުންސިލަރ އެސިސްޓެންޓް
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާ އަދާކުރަންޖެހޭ ތަން: އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
މަޤާމުގެ ޝަރުޠު:
މަޤާމް |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ކައުންސެލަރ އެސިސްޓެންޓް |
GS3 |
އޮފިސަރ ގްރޭޑް 1 |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. - ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަހަކު -/4،465 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ދަރިވަރުންނަށް ކައުންސިލިންގ ދިނުމާއި، މިފަދަ ކުދިންގެ ރެކޯޑްތައް ބެލެހެއްޓުން.
- މުޖުތަމަޢުގައި ހުންނަ ބައެއް މަސައްލަތަކާ ގުޅޭގޮތުން ދަރިވަރުންނަށް ސެޝަންތައް ނެގުން.
- ދަރިވަރުންގެ އަޚުލާޤް ރަނގަޅުކުރުމަށްޓަކައި، ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގުން.
- ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކަންކަމުގައި އެހީތެރިވުމާއި، އެފަދަ މައްސަލަތައް ހުންނަ ދަރިވަރުންގެ މަޢުލޫމާތު ކަމާބެހޭ ޓީޗަރުންނާ ހިއްސާކޮށް، މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް އެފަދަ ދަރިވަރުން ހެދުމަށް މަސައްކަތްކުރުން.
- ގްރޭޑް 6، 7 ގެ ދަރިވަރުންނަށް ލައިފްސްކިލް ޕްރޮގްރާމް ހިންގުން.
- ސްކޫލުގެ ހުރިހާ ދަރިވަރުންނަކީ ނަފްސާނީ ދުޅަހެޔޮ ކުދިންނަށް ހެދުމަށް ޕްރޮގްރާމްތައް ހިންގުން.
- ސްކޫލުގައި ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ސިފަތައް.
އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް:
އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހަކު ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި ޓްރާންސްކްރިޕްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ އަބޫބަކުރު ސްކޫލުގައެވެ.
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކަށް އެކަންޏެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އަބޫބަކުރު ސްކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 15:00 އެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އަބޫބަކުރު ސްކޫލުގެ 6845250 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
22 ރަޖަބު 1436