ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2024/126
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 22:42
ސުންގަޑި: 11 ޖޫން 2024 12:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ސާފުކުރުން

ލައިސަންސް ޓްރެކު އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި (ކޮމިއުނިޓީ ޕްރީ ސްކޫލުގެ ހުޅަނގަށް އޮތް ބިން) ހުރި ބައެއް ރުއްގަސް މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކަނޑާލަން ޖެހޭތީ، މި އިއުލާނާ އެކު އެއްކަރުދާސްކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ރުއްގަހުގެ ވެރި ފަރާތެއް ވާނަމަ، މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި (2024 ޖޫން 11 ވަނަ ދުވަހުގެ މެންދުރު 12:00  ކުރިން ) މިއިދާރާއަށް ދުރުވެ މަޢުލޫމާތު ދެއްވުން އެދެމެވެ.

މިމުއްދަތުގައި މަޢުލޫމާތު ނުލިބިހުރި ރުއްގަހަކީ ވެރިއަކުނެތް ރުއްގަސްކަމަށް ބަލައި އަމަލުކުރެވިގެން ދާނެވާހަކަ ދެންނެވީމެވެ. 

02 ޖޫން 2024