ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2024/62
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 13 ޖޫން 2024 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރުއްތައް ކުއްޔަށް ދޫކުރުމާއި ބެހޭ:

އިޢުލާން

 

ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރުއްތައް ކުއްޔަށް ދޫކުރުމާއި ބެހޭ:

 

                  މިކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރުއްތައް، ބިޑް އުސޫލުން، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން މައުލޫމާތު ދިނުމުގެ ސެޝަނާއި ބިޑް ހުށަހަޅަންވީ ގޮތުގެ މައުލޫމާތު ތިރީގައި ބަޔާން ކުރެވިފައި އެވަނީއެވެ. މައުލޫމަތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް ޕްރޮޕޯޝަލް ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ. ހުށައެޅޭ ޕްރޮޕޯޝަލްތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށްޓަކައި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހުށަހަޅުއްވާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއިއެކު ބަދަލުގައި ފޮނުއްވާފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އައިޑީކާޑް ނަމްބަރ ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންޖެހޭނެއެވެ.އަދި މައުލޫމާތު ކަރުދާސް އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މައުލޫމާތު ދިނުމުގެ ސެސަން ބާއްވާ ތާރީޚް

މައުލޫމާތު ދިނުމުގެ ސެސަން ބާއްވާ ގަޑި

ބިޑް ހުށައެޅުމަށް ދުރުވަންވީ ތާރީޚް

ބިޑް ހުށައެޅުމަށް ދުރުވަންވީ ގަޑި

09 ޖޫން 2024

މެންދުރުފަސް 13:00

13 ޖޫން 2024

މެންދުރުފަސް 13:00

 

                ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                02 ޖޫން 2024

02 ޖޫން 2024