ދެންނެވުން
ނަންބަރު: (IUL)264/PRIV/2024/39
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 25 ޖޫން 2024 23:59
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ،ހދ، އަދި ށ ރަށްތަކަށް އަމާޒުކޮށްގެން ހުޅުވާލެވޭ "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމާއި ގުޅޭ

       "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ގައިޑްލައިނެއް ފަރުމާކުރެވި ގައިޑްލައިން ވަނީ 22 މެއި 2024 ގައި އާންމުކުރެވިފައެވެ. މިގައިޑްލައިންގައި ހިލޭ އެހީއަށް އެޕްލިކޭޝަން ހުށަހެޅުމުގައި އަމަލުކުރާނޭގޮތާއި އިދާރީ އަދި މާލީ އެކި މަރުހަލާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާގޮތް ބަޔާންކުރެވިފައިވާނެއެވެ. މީގެތެރޭގައި އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާނޭ ލިޔެކިއުންތަކާއި، އެޕްލިކޭޝަން ރިވިއު ކުރެވޭނޭގޮތާއި، އިވެލުއޭޝަން މަރުހަލާ ކުރިއަށް ގެންދާނޭގޮތް އަދި ކާމިޔާބު އެޕްލިކޭޝަންތަކަށް ހިލޭ އެހީގެ ފައިސާ ދޫކުރެވޭނެ ގޮތް ހިމެނިފައިވާނެއެވެ.

  • "ދަނޑުވެރި މަންފާ" ގްރާންޓް ޕޮރޮގްރާމް ގައިޑްލައިންގެ ލިންކް https://www.gazette.gov.mv/iulaan/291659 މިގައިޑްލައިންނާ ގުޅިގެން އެޕްލިކޭޝަން އާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުމެއް އެސްޑީއެފްސީ ވެބްސައިޓުން (https://sdfc.mv/)  މިއަދުން ފެށިގެން ލިބިވަޑައިގަންނަވާނެއެވެ. މީގެ ބޭނުމަކީ ޕޯޓަލް ހުޅުވާލުމުގެ ކުރިޔަށް ބޭނުންވާ ލިޔެކިއުންތަށް ހަމަކުރުމަށް ބޭނުންވާ ވަގުތު ހުށަހަޅާ ފަރާތްތަކަށް ދިނުމެވެ.  އަދި ބައެއް ލިޔެކިއުންތަކަކީ އެހެން އިދާރާތަކުން ހޯދަން ޖެހޭ ލިޔެކިއުންތަކަކަށްވުމުންނެވެ.
  • ގްރާންޓް އެޕްލިކޭޝަން އެސް.ޑީ.އެފް.ސީ ޕޯޓަލް މެދުވެރިކޮށް ބަލަގަންނަންފަށާ ތާރީޚަކީ  25 ޖޫން 2024
  • ގައިޑްލައިންގައި ބަޔާންކޮށްފައިވާ ގޮތަށް އެޕްލިކޭޝަންތައް ހުށަހަޅާނީ އެސް.ޑީ.އެފް.ސީ ޕޯޓަލް އަށް، ހުށަހަޅާފަރާތުގެ އީ.ފާސް މެދުވެރިކޮށެވެ.
  • އެގްރިބިޒްނަސް މެޗިންގ ގްރާންޓް ޕްރޮގްރާމްއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ މަޢުލޫމާތު ސާފުކުރުމަށް އެސްޑީއެފްސީ ގެ ހޮޓްލައިން ނަންބަރު 1613 އަށް ގުޅުއްވާގެން ނުވަތަ[email protected]  އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ.
  • ގައިޑްލައިންގެ ލިންކް https://www.gazette.gov.mv/iulaan/291659
  • މީގެ އިތުރުން ގްރީންހައުސް ސްޓްރަކްޗަރގެ އެންމެ ދަންމިންގަނޑު އެގޭގޮތައް އެކުލެވޭ ކަރުދާހެއް އެޓޭޗްކުރަމެވެ.

       ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖޫން 2024