ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)479-HR/479/2024/10
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 10 ޖޫން 2024 13:30
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެމް.އެސް 3)

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ އިދާރީ މަސައްކަތްތަކާއި ގުޅޭ އިދާރީ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި އާންމުކޮށް އިޢުލާންކުރަމެވެ.

 

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ސެކްޝަން:

އެޗް.އާރު/ އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަން 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު / މާލެ

މުސާރަ:

9,000 (ނުވަހާސް) ރުފިޔާ

ސަރވިސް އެލަވަންސް:

2,000 (ދެހާސް) ރުފިޔާ

އެހެނިހެން އެލަވަންސް:

  1. އެހެން ވަޒީފާއެއް އަދާނުކުރެވޭތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %45
  2. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ސެންޓަރުގެ ސީ.އީ.އޯ ކަނޑައަޅާގޮތެއްގެ މަތިން ޙަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުމާއި، ޑިވިޜަން އަދި ސެކްޝަންގެ ވެރިންގެ ސެކްރެޓޭރިއަޓު ބެލެހެއްޓުމާއި، ވެރިންގެ އެޕޮއިންޓްމަންޓްތަކާއި މީޓިންގ ޝެޑިއުލްގެ އެންމެހައި އިދާރީ އިންތިޒާމްތައް ހަމަޖައްސައި ބެލެހެއްޓުން.
  2. ސެކްޝަންގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އަހަރީ އެކްޝަން ޕްލޭނާއި ބަޖެޓު ތައްޔާރުކުރުމަށް ޑިވިޜަންގެ ވެރިޔާއަށް އެހީތެރިވުމާއި، ސެންޓަރުން ހިންގާ އެންމެހާ ޓްރެއިނިންގތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  3. ސެންޓަރުގެ މަސައްކަތްތަކާއި ގުޅޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި މެނުއަލްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމާއި، އެސް.އޯ.ޕީތައް މުވައްޒަފުންނަށް އަންގައިދިނުމުގެ މަސައްކަތްތައް ކަމާބެހޭ ސެކްޝަނާއި ގުޅިގެން ކުރުން.
  4. ސެންޓަރުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކޮށް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ސެންޓަރުގެ އަހަރު ރިޕޯޓު ތައްޔާރުކުރުމަށް ސެކްޝަންތަކުން މަޢުލޫމާތު ހޯދައި، އަހަރު ރިޕޯޓު ތައްޔާރުކުރުމާއި ބެހޭ އެންމެހާ މަސައްކަތެއް، ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުން.
  5. ސެންޓަރުގެ ގިނަދުވަސްވީ ލިޔެކިޔުންތައް ކަނޑައެޅިފައިވާ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަރުޝީފުކުރުމާއި ނައްތާލުމުގެ މަސައްކަތްތައް އިންތިޒާމްކުރުމާއި، އެ މަސައްކަތް ކުރުން.
  6. ސެންޓަރުގެ ރިސެޕްޝަންގެ މަސައްކަތްތައް ބެލެހެއްޓުމާއި، ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމާއި، އާންމު އިދާރީ ސިޓީތަކަށް ޖަވާބު ދިނުމުގެ މަސައްކަތްތައް ގަވާއިދުން ނިންމައި ބެލެހެއްޓުމާއި، ވަކި ސެކްޝަނަކާއި ހަވާލުވެފައިނުވާ މަސައްކަތްތައް، ސެކްޝަންގެ ވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތިން ކޮށް ނިންމުމާއި، ސެންޓަރުން ބާއްވާ ޖަލްސާތަކާއި، ރަސްމިއްޔާތުތައް ނުވަތަ ހަފްލާތަކަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  7. ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމާއި، ގަވާއިދާ އެއްގޮތަށް ސްޓޮކުން ތަކެތި ދޫކުރުމާއި  ސްޓޮކް ބާކީ ކުރުމާއި، ސްޓޮކް ބެލެހެއްޓުމުގެ އެންމެހައި ލިޔެކިޔުމާއި ރެކޯޑްތައް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ސެންޓަރުގެ އިންވެންޓްރީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ، އަދި ކަމާބެހޭ އިދާރާތަކުގެ އެންގުންތަކާއި އެއްގޮތްވާގޮތުގެ މަތިން ބަލަހައްޓައި، މަހަކު އެއް ފަހަރު އިންވެންޓަރީގެ ރިކޯޑްތައް އަޕްޑޭޓްކޮށް ސެކްޝަންގެ ވެރިޔާއަށް އިންވެންޓަރީގެ ރިޕޯރޓް ހުށަހަޅައި، އެކަމާބެހޭ ލިޔެކިޔުންތައް ގަވާއިދުން ބެލެހެއްޓުން.
  9. ސެކްޝަނުގައި މަސައްކަތްކުރާ އޮފީސް އެސިސްޓެންޓުންނާއި މަސައްކަތު މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރުމާއި މުވައްޒަފުންގެ އެންމެހައި ކަންކަން ބަލަހައްޓައި ސުޕަވައިޒްކުރުން.
  10. ނުރަސްމީ ގަޑީގައި އަދި ބަންދު ދުވަސްތަކުގައި، ސެންޓަރުން ކަނޑައަޅާ ގޮތެއްގެ މަތިން ޑިއުޓީ ނެގުމާއި ސެންޓަރު ހުޅުވާ ލެއްޕުމާއި ގުޅޭ އެންމެހާ އިދާރީ އިންތިޒާމްތައް ހަމަޖައްސައި ބެލެހެއްޓުން.
  11. މީގެއިތުރުންވެސް ސެންޓަރުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތު:

 

  1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަސައްކަތާއި ގުޅޭ ތަޢުލީމީ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  •  މެނޭޖްމަންޓް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ހުށަހަޅަންޖެހޭ ލިޔުންތަން:

  1. ވަޒީފާއަށް އެދޭ ފަރާތުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު

  • އަސާސީ ޝަރުތު ހަމަވުން؛
  • ޕްރެކްޓިކަލް ނުވަތަ ޕްރެޒެންޓޭޝަން؛
  • އިންޓަރވިއު
  • މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން؛
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން؛
  • ވަޒީފާއާއިބެހޭ ޤާނޫނާއި ޤަވާޢިދުތަކާއި އުޞޫލުތަކަށް އަހުލުވެރި ފަރާތަކަށްވުން؛
  • ޓީމެއްގެ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން؛ އަދި
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖޫން 2024 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މި ސެންޓަރުގެ އީމެއިލް [email protected] އެޑްރެހަށެވެ. އީމެއިލްކުރައްވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓުގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދަންނަވަމެވެ.

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓް ކުރުން:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، މި ސެންޓަރުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު މި ސެންޓަރުގެ ކައުންޓަރުންނާއި، މި ސެންޓަރުގެ ވެބްސައިޓް www.miac.gov.mv އިން ލިބެން ހުންނާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަން ވާނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3300920 އަށެވެ. އީމެއިލް ކުރާނީ[email protected]  އަށެވެ.

       

                               25 ޛުލްޤަޢިދާ 1445 

02 ޖޫން 2024