މަޤާމު:
|
ޕްރީސްކޫލް ޓީޗަރ
|
މަޤާމުގެ ބާވަތް:
|
ވޭޖް
|
ބޭނުންވާ ޢަދަދު:
|
01 ( އެކެއް )
|
މުއްދަތު:
|
31 މެއި 2025 ގެ ނިޔަލަށް
|
މުސާރަ:
|
އަސާސީ މުސާރަ : -/2500 ރުފިޔާ ( ދެހާސް ފަސްސަތޭކަ )
އިތުރުގަޑީގެ ފައިސާ : -/25 ރުފިޔާ ( ފަންސަވީސް ރުފިޔާ )
ރިސްކް އެލަވަންސް: -/1000 ރުފިޔާ ( އެއްހާސް ރުފިޔާ )
ސަރވިސް އެލަވަންސް: -/1500 ރުފިޔާ ( ދަނަރަސަތޭކަ ރުފިޔާ)
ރަމަޟާން އެލަވަންސް : -/3000 ރުފިޔާ ( ތިންހާސް ރުފިޔާ )
|
މަސައްކަތް ކުރަން ޖެހޭ ގަޑި:
|
ހުކުރު ފިޔަވައި ދުވާލަކު 02:00 ގަޑި އިރު
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ގުޅޭ ދާއިރާކުން ދަށްވެގެން ސެޓްފިކެޓް ލެވެލް 3 ހާސިލްކޮށްފައިވުން
|
މަސްއޫލިއްޔަތު:
|
- ކުލާހަށް ބޭނުންވާ ލެޝަން ޕްލޭންތައް ޤަވާޢިދުން ހަދާ ނިންމުން.
- ކިޔަވައިދޭން ފެށުމުގެކުރިން ކްލާސްރޫމްގެ ކަންތައްތައް ހުރިނެތް ގޮތްބަލާ ކަންކަން ރަނގަޅަށް އިންތިޒާމްކޮށް ބެލެހެއްޓުން.
- ކުދިންނަށް ބޭނުންވާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.
- އިތުރު ޙަރަކާތްތައް ރާވާ އެޙަރަކާތްތަކުގައި ކުދިން ބައިވެރި ކުރުވުން.
- ޙަވާލުވެފައިވާ ކްލާހުގެ ބެލެނިވެރިންނާ ކަންކަން ޙިއްސާކޮށް ރަނގަޅަށް މަޢްލޫމާތު ދިނުމާއި، މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން .
- ކްލާހުގެ ކަންކަން ކުރުމުގައި ކުދިންނާ، ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރުން.
- ކުދިންނަށް އަންނަމުންދާ އަޚްލާޤީ ބަދަލުތައް ދެނެގަނެ، ބެލެނިވެރިންނަށް ރަނގަޅަށް އެންގުމާއި އެކު، ބެލެނިވެރިންގެ ލަފަޔާއި މަސްވަރާހޯދުން .
- ކްލާސްތެރޭގައި އެއްވެސް ކުއްޖަކަށް ތަފާތު ކުރުމެއްނެތި ހުރިހާ ކުދިންނަށް ހަމަހަމަ ގޮތެއްގައި ކަންތައްތައް ކޮށްދިނުން
- މީގެ އިތުރުންވެސް ޕްރިސްކޫލްއާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން .
- ކުދިން ސްކޫލަށް އައުމުން އެކުދިންނަށް އަޅާލާ، ރައްކާތެރިކަމާއި އެކު އެކުދިން ބެލެހެއްޓުން
- ސްކޫލްގައި އިދާރީ މުއައްޒަފެއްނެތް ޙާލަތެއްގައި ސްކޫލްގައި ކުރަންޖެހޭ އެންމެހައި އިދާރީ މަސަތްކަތްކުރުން.
- ކުއްލިގޮތެއްގައި ކުއްޖަކަށް ދިމާވާ ސިއްޙީ އަދި އިމަޖެންސީ ކަންކަން ވެވުނު އެންމެ އަވަހަކަށް ކުއްޖާގެބެލެނިވެރިންނަށް އެންގުމާއިއެކު، އެވަގުތަކަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް މިންވަރަކުން އެކުއްޖަކަށް އެހީތެރިކަންފޯރުކޮށްދިނުން.
- ޕްރީސްކޫލްގެ ބެލެނިވެރިން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ، އެކަމަށް އެއްބާރުލުން ދިނުން.
- ޕްރީސްކޫލަށް ނުވަތަ ޕްރީސްކޫލްގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ނުވަތަ އެއްޗަކަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް ކައުންސިލްގެ އިދާރާއަށް އެންގުން.
- ކައުންސިލުންފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންކުރަންޖެހޭ އެންމެހާކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން .
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމައި ގުޅޭ އެންމެހާކަންކަމުގައި ކައުންސިލަށާއި ، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ކައުންސިލް އިދާރާގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އުތީމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] ،
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 10 ޖޫން 2024 ގައި ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާގައެވެ.
|