ދިވެހިރާއްޖެ
އިޢުލާން
ފާނަ އާލާކުރުމުގެ ފީލްޑް ޓްރެއިނިންގް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
ރަތަފަންދޫ ކައުންސިލްއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ފާނަ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއް 2024 ޖުލައި 2އިން އިން 16 އަށް ކ.މަނިޔަފުށީ މެރިކަލްޗަރ ޓްރެއިނިންގް އެންޑް ޑެމޮންސްޓްރޭޝަން ފެސިލިޓީގައި ހިންގުމަށްވަނީ ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަތަފަންދޫ ރައްޔިތުންނަށެވެ. މި ތަމްރީނަށް ބައިވެރިން ހޮވުމުގައި ފުލްޓައިމް ވަޒީފާއެއް އަދާނުކުރާ މަސްވެރިކަންކުރާ ފަރާތްތަކާއި ޒުވާނުންނަށް އިސްކަންދެވޭނެއެވެ.
ޓްރެއިނިންގ ފަށާ ދުވަހު ބައިވެރިން މަނިޔަ ފުއްޓަށް ދަތުރުކުރުމާއި ޓްރެއިނިންގ ނިމުމުން ބައިވެރިން މާލެއަށް ގެންދިއުމުގެ އިންތިޒާމް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން ޓްރެއިނިންގ އަށް ދިއުމަށް މާލެ ދެކޮޅު ޓިކެޓް މިއިދާރާގެ ފަރާތުން ހަމަޖައްސައިދޭނެ ވާހަކަ ދަންނަވަމެވެ. މި ޓްރެއިނިންގ އަށް ހޮވޭ ފަރާތްތަކުން ކެއުމުގެ ޚަރަދުގެ ގޮތުގައި 1400 ރުފިޔާ ދައްކަންޖެހޭނެއެވެ.
ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 ޖޫން 13 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން "ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް" ހުށަހެޅުއްވުން އެދެމެވެ. މި ފޯމް ތިރީގައިވާ ލިންކްއިން އަދި އިޢުލާނާއެކު ހިމަނާފައިވާ ކިއުއާރ ކޯރޑް ސްކޭންކޮށްގެން ލިބިލައްވާނެއެވެ(https://forms.office.com/r/4f87CsqBAY). ތަމްރީނުގައި އާންމުކޮށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 12 ފަރާތަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.