ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2024/89
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 11:56
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިއްކި ބިމުގެ ސަރަޙައްދާއި ރަށުގެ އެހެނިހެންތަންތަނުގައި ހުއްދަ ނެތި ރުއްގަސް އިންދުން

ހިއްކިބިމުގެ ސަރަހައްދާ ރަށުގެ އެހެނިހެންތަންތަނުގައި ހުއްދަނެތި ރުއްގަސް އިންދުން  

          މިހާރަކަށް އައިސް ރަށުގެ ހިއްކިބުމުގެސަރަހައްދާއި އަދި އެކި ތަންތަނާއި މަގުތަކުގައި މިކައުންސިލްގެ ހުއްދަނެތި އެކިފަރާތްތަކުން ރުއްގަސް އިންދަމުންގެންދާކަންފާހަގަ ކުރެވެމުން ދެއެވެ. އަދި ރަށުގެ މަގުތަކުގައިވެސް އެކިބާވަތުގެ ރުއް އަދި ގަސް އެއްވެސް ހުއްދައެއްނެތި އިންދަމުންގެންދާތީވެ ވެހިކަލްތަކަށް އެމަގުތަކުން ނުދުއްވި ވަކިންޚާއްޞަކޮށް އެމްބިޔުލެންސުގެ ޚިދުމަތަށާއި،  ކުނިއުކާލުމުގެ ޚިދުމަތަށް އެފަދަމަގުމަގުން   ދަތުރު ނުކުރެވޭގޮތް މެދުވެރިވަމުންދެއެވެ.    

           ވީމާ ކައުންސިލްގެ ހުއްދަނުނުގާ ރަށުގެ އެއްވެސް ސަރަހައްދެއްގައި ނުވަތަ މަގެއްގައި ރުއްގަސް އިންދުމަކީ ކުރިންވެސް މަނާކުރެވިފައިވާ ކަމަކަށްވާތީ    ތަކުރާރުކޮށް މިކަންނުކުރުމަށް އާންމުކޮށްއަންގަމެވެ.   

           އަދި ދަންނަވަމެވެ. ރަށުގެ ލޭންޑް ޔޫޒް ޕްލޭން ފާސްކުރެވިފައިވާތީ  މިފަދަގޮތަކުންހުއްދަނުހޯދާ އިންދާފައި ހުންނަ ރުއްގަހާ އަދި މަގުހެދުންފަދަކަމަކަށް މަގުމަތިން ރުއްގަސް ނަގަންޖެހިއްޖެނަމަ ކައުންސިލުން އެފަދަރުއްގަހަށް ބަދަލު ދެވެންނޯންނާނެ ވާހަކަވެސް އާންމުކޮށް އެންގުމަށްޓާކައި އިޢުލާންކުރީމެވެ

02 ޖޫން 2024