ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2024/88
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 11:52
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިފުނި ހުރި ސަރަޙައްދުގެ ގޯތިތަކުގެ އިންވަކިކުރުމާއި ގުޅޭ

ވެލިފުނި ހުރި ސަރަހައްދުގެ ގޯތިތަކުގެ އިންވަކިކުރުމާއިގުޅޭ

            މިއިދާޜާގެ ނަމްބަރ: 44 (IUL)335-AS/335/2024/   އިޢުލާނު ގައި ދެންނެވިފައިވާ  ހިންމަފުށި ހިއްކިބިމުން  288 ގޯތި ލިބިފައިވާ  ފަރާތްތަކުގެ ތެރެއިން ވެލިފުނި ހުރި ސަރަޙައްދުން ދޫކުރެވުނު ގޯތި ތަކުގެ އިންވަކިކުރެވޭގޮތަށް މިހާރު ހަމަޖެހިފައިވާތީ އެފަރާތްތަކުން ލިބިފައިވާ ގޯތީގެ ކަންމުޑި އަޅާ، ވަށާފާރު ރޭނުމަށްފަހު ގޯތީގެ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުއްވުން އެދެމެވެ.

            މިގޮތުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާއިރު، ގޯތި ލިބިފައިވާ ފަރާތް އުޞޫލުގެ 13 ވަނަ މާއްދާގެ (ފ) ގައިވާ ގޮތުގެމަތީން ދޫކޮށްލުމަށް އިޤުރާރުވެފައިވާ ބޯހިޔާވަހިކަމެއް ދޫކޮށްލާ އެކަމުގެ ޝަރުޢީ ލިއުމާއިއެކު ހުށަހެޅުއްވުން އެދެމެވެ. އަދި އެފަރާތެއްގެ ނަމުގައި އެގޯތި ރަޖިސްޓްރީ ކުރެވޭނީ އެލިއުން ހުށަހެޅުމުންނެވެ. 

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖޫން 2024