މަސައްކަތް
ނަންބަރު: GS-14/IUL/2015/12
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 17 މޭ 2015 10:30
ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޓްރޮފީއާއި ޝީލްޑް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

މި މަރުކަޒުގެ 2015ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމަށް ބޭނުންވާ ޓްރޮފީއާއި ޝީލްޑް، މިމަރުކަޒުން ހުށަހަޅާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު GS-14/IUL/2015/10ފ(23 އެޕްރީލް 2015) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެފަރާތުން ކަމުގައިވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މޭ 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގޭގެ 8ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 21ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގޭގެ 8ވަނަ ފަންގިފިލާއަށް ވަޑައިގެން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކާއި ޕޮއިންޓް ދެވޭ އުސޫލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިމަރުކަޒުގެ ނަންބަރު 6640095 އަށް ގުޅުއްވުން އެދެމެވެ.

22 ރަޖަބު 1436

11 މޭ 2015