ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)469-CA/469/2024/25
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 10 ޖޫން 2024 13:00
ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އައި.ސީ.ޓީ. އޮފިސަރ (ކޮމްޕިއުޓަރ ޓެކްނީޝަން)

މަޤާމް :އައި.ސީ.ޓީ. އޮފިސަރ
ބޭނުންވާ އަދަދު :1

މަގާމު:

އައި.ސީ.ޓީ. އޮފިސަރ (ކޮމްޕިއުޓަރ ޓެކްނީޝަން)

ބޭނުންވާ ޢަދަދު:

1  (އެކެއް)

މަގާމުގެ ބާވަތް:

 ދާއިމީ

މަގާމުގެ ރޭންކް:

DMA4-1

ސެކްޝަން / ޔުނިޓް:

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

އޮފީސް:

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

މުސާރަ:

މަހަކު -/7495 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2998 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މަހަކު 3372/75 ރުފިޔާ

އިތުރު އިނާޔަތްތައް:

1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން  ކޮންޓްރިބިއުޝަން.

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

  1. ރާއްޖެއަށް ކުރިމަތިވާ ކާރިސާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.
  2. މިއޮތޯރިޓީގެ އޮންކޯލް ޑިއުޓީ ފޯނު ޙަވާލުކުރާ ހަފްތާގައި ފޯނުލޮގް ބަލަހައްޓައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން.  
  3. މި އޮތޯރިޓީގެ ކޮމްޕިއުޓަރ ނެޓްވޯކް ޤާއިމްކޮށް ބެލެހެއްޓުމާއި، ނެޓްވޯކަށާއި ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުމާއި، މަރާމާތުކޮށް ކޮށް ބަލަހައްޓަންޖެހޭ ކޮމިއުނިކޭޝަން އިކުއިޕްމަންޓްތަށް ބެލެހެއްޓުން
  4. މިއޮތޯރިޓީއަށް ބޭނުންކުރެވޭނޭ ސޮފްޓްވެއަރތަކުގެ ރިކުއަރމެންޓްސްއާ، ސްޕެސިފިކޭޝަންތައް ކަމާބެހޭ މުވައްޒަފުންގެ މަޝްވަރާއާއިއެކު، ސޮފްޓްވެއަރތައް ބޭނުންކުރުމުގައި މުވައްޒަފުންނަށް އެހީތެރިވެދިނުން.
  5. މިއޮތޯރިޓީގެ ޕީ.އޭ.ބީ.އެކްސް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މަސައްކަތް ކުރުން އަދި މިއޮތޯރިޓީގެ  ވެބްސައިޓް ދުވަހުންދުވަހަށް އަޕްޑޭޓްކޮށް، ވެބްސައިޓްގެ ސޮފްޓްވެއަރ އަދި ހާޑްވެއަރ އަށް ދިމާވާ މައްސަލަތަށް ހައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. މުވައްޒަފުންނަށް ހަދަންޖެހޭ އީމެއިލް، ލޮގިންސް އާއި އެކައުންޓްސްތައް ހަދައި ދިނުމާއި، އެކްސަސް ދޭންޖެހޭ ފޯލްޑާތަކަށް އެކްސަސްދިނުމާއި، ކަނޑައެޅިފައިވާ އުސޫލަކުން ވަކިވާ މުވައްޒަފުންގެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރުމާއި، އެކްސަސް ކަޑާލުން.
  7. މި އޮތޯރިޓީގެ މުވައްޒަފުންނަށް ތަމްރީނުދޭން ޖެހިއްޖެ ހިނދެއްގައި އެކަން ރާވާ އިންތިޒާމުކޮށް އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނޭ އިންތިޒާމްތައް ހަމަޖައްސައިދިނުމާއި، މުވައްޒަފުންނަށް ބޭނުންވާ އޮފީސް ތަމްރީނުތައް ދިނުމުގެ މަސައްކަތް ކުރުން.
  8. މި އޮތޯރިޓީގެ ސްޓްރެޓެޖިކް ޕްލޭންއާ ގުޅިގެން ކުރަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީއާގުޅޭ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުމަށް މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން.
  9. މި އޮތޯރިޓީން ހިންގާ ސެމިނަރ ވޯރކްޝޮޕް އަދި އެކިއެކި މަޝްރޫޢުތަކަށް އައި.ޓީއިން ދޭންޖެހޭ އެއްބާރުލުން ދިނުމާއި، އައި.ޓީ ސެކްޝަނުން ކުރަންޖެހޭ ކަންކަން މުވައްޒަފުންނާއި ގުޅިގެން ރާވާ ހިންގުން.
  10. ކޮންޕިއުޓަރ ނެޓްވާރކު(ސަރވަރ) މައްސަލަތައް ހައްލުކުރުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އައި.ޓީ އިކުއިޕްމަންޓްތައް ބެލެހެއްޓުން.
  11. އަހަރީ ވޯކްޕްލޭންގައި ކަނޑައަޅާ އައި.ޓީ. އާ ގުޅުންހުރި މަސައްކަތްތައް ކުރުމާއި، މިއޮތޯރިޓީއާ ގުޅޭ އެހެނިހެން މަސައްކަތްތަކަށް ދޭންޖެހޭ އެއްބާރުލުން ދިނުން.

މަގާމުގެ ޝަރުތުތައް:

  1. މަސައްކަތާ ގުޅުންހުރި (އިންފޮރމޭޝަން ޓެކްނޮލިޖީ، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ނެޓްވަރކް މެނޭޖްމަންޓް، އައިޓީ ސެކިއުރިޓީ، ސޮފްޓްވެއަރ، ހާޑްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ                  (ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ  ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާ ލިބިފައިވާ މިންވަރު %45
  • ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %55

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަގާމަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 10 ޖޫން 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  13-20 ޖޫން 2024 އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

02 ޖޫން 2024