ދިވެހިރާއްޖެ
ޕްރޮޖެކްޓްގެ ނަން: ފެލިދެއަތޮޅު ފުލިދޫގައި ފޯރުކޮށްދޭ ކުނިއުކާލުމާއި ނައްތާލުމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން.
ފެލިދެ އަތޮޅު ފުލުދީ ފުލިދޫގައި ރައްކާތެރިގޮތުގައި ކުނި އުކާލުމާއި ނައްތާލުމުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް، ޓެލެސްކޮޕިކް ބޫމް ޓްރަކް (3(ތިނެއް) ޓަނުގެ ކްރޭން މައުންޓަޑް 1.5 (އެކެއް ޕޮއިންޓް ފަހެއް) ޓަނުގެ ޓްރަކް) އަކާއި އަދި ގުޅޭ ޚިދުމަތްތައް ޚިދުމަތް ފޯރުކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައި ލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ޢަމަލުކުރުމަށް ދަންނަވަމެވެ.
- ބީލަމުގައި ބައިވެރުވުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ މަޢުލޫމާތު ބީލަން ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
2. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 02 ޖޫން 2024 ހުން ފެށިގެން ބީލަން ސުންގަނޑި ހަމަވާދުވަހުގެ 3(ތިނެއް) ދުވަސްކުރީން އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް މި އިދާރާއަށް ހުށަހަޅައި ނުވަތަ މި އިދާރާގެ ރަސްމީ އީ-މެއިލް މެދުވެރިކޮށް ހުށަހަޅައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރާންވާނެއެވެ. އިދާރާއަށް ވަޑައިގެން ރަޖިސްޓަރީ ކުރެވޭނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އާއި 11:30 އާއި ދެމެދުއެވެ.
3. ބީލަންހުށަހަޅާނީ ސިޓީއުރައިގައި ރަނގަޅަށް ބަންދުކުރުމަށްފަހުގައެވެ.
4. ބީލަން ކުރިއަށް ގެންދާނީ ޤަވާޢިދު ނަމްބަރު: R-158/2017 "ދައުލަތުގެ މާލިއްޔަތު ޤަވާޢިދު"އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މި ޤަވާޢިދުގައި ބަޔާން ކުރެވިފައިވާ ގޮތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ޝަރުޠު ހަމަވާ،ދިވެހިރާއްޖޭގެ ބީލަންވެރީންނަށް ހުޅުވާލެވިފައެވެ.
5. ޝައުޤުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ބީލަން ފޮތް ބައްލަވާލެއްވުމަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އާއި 2:00 ދެމެދު ގުޅުއްވާނީ ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ :
ސަމާލުކަމަށް: މާލީ ޒިންމާދާރުވެރިޔާ/ މަބްރޫކް އިސްޙާޤް، ވ.ސެކްރެޓަރީ ޖެނެރަލް، އ.ކައުންސިލް އެގްޒެކެޓިވް
އެޑްރެސް: ފެލިދެ އަތޮޅު ފުލިދޫ ކައުންސިލް/ގްރައުންޑް ފްލޯރ/ސޯސަންމަގު
އަތޮޅާއި ރަށް: ވ.ފުލިދޫ
ޒިޕް ކޯޑް:10010
ޤައުމު: ދިވެހިރާއްޖެ
ފޯނު ނަމްބަރު:9606706529+
އީމެއިލް: [email protected]
6. ބީލަން ފޮތް ދޫކުރުން:
- ބީލަން ފޮތް ދޫކުރެވޭނީ 02 ޖޫން 2024 އިން ފެށިގެން، ބީލަން ސުންގަނޑި ހަމަވާދުވަހުގެ 3(ތިނެއް) ދުވަސްކުރީން އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް މި އިދާރާއަށް ހުށަހަޅައި ނުވަތަ މި އިދާރާގެ ރަސްމީ އީ-މެއިލް އެޑްރެސް މެދުވެރިކޮށް ހުށަހަޅައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މި ފޯމު މިކައުންސިލުގެ އިދާރައިންވެސް ލިބެން ހުންނާނެއެވެ.
- ބީލަމުގައި ރަޖިސްޓަރީ ވުމުގެ ފީއަކީ 150.ރ( ސަތޭކަ ފަންސާސް ރުފިޔާ) އެވެ.
- ބީލަން ފޮތުގެ ދެލި ކޮޕީއެއް ދޫކުރެވޭނީ 200ރ (ދުއިސައްތަ ރުފިޔާގެ) ފީއެއް ކައުންސިލަށް ދެއްކުމުންނެވެ.
- ފީ ދެއްކި ކަމުގައި ބެލެވޭނީ، ކައުންސިލުގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު ޖަމާކުރިކަމުގެ ސްލިޕް ކައުންސިލަށް ހުށަހެޅުމުން ނުވަތަ ކައުންސިލުގެ ރަސްމީ އީ-މެއިލް އެޑްރެހަށް ފޮނުވުމުންނެވެ. އަދި މި ގޮތުން ޖަމާކުރާފީ ކައުންސިލުން އަނބުރާ ރައްދުކޮށެއް ނުދޭނެއެވެ.
- ބީލަން ފޮތް އީ މެއިލްގެ ޒަރިއްޔާއިން ހޯދާނަމަ އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
- ބީލަން ފޮތް، އީމެއިލްގެ ޒަރީއާއިން ނުވަތަ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން ލިބިލައްވާނެއެވެ.
7. މަޢުލޫމާތު ބައްދަލުވުން
މި ބީލަމާއި ގުޅިގެން މަތީގައިވާ (5. ގައި ބަޔާންކޮށްފައިވާ) އެޑްރެހުގައި ތިރީގައި ދަންނަވާފައިވާ ތާރީޚްގައި އަދި ވަގުތުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވޭނެއެވެ.
ތާރީޚް: 6 ޖޫން 2024 ވާ ބުރާސްފަތި ދުވަސް
ގަޑި: މެންދުރުކުރި 11:00
8. ބީލަންތައް ހުށަހެޅުން:
- ބީލަންތައް ހުށަހަޅާނީ މަތީގައިވާ(5. ގައި ބަޔާންކޮށްފައިވާ) އެޑްރެހަށެވެ.
- ބީލަންތައް ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑި އަކީ "13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އެވެ".
ބީލަމުގެ ސުންގަނޑި ހަމަވުމުން، ބީލަން ހުޅުވާ ޖަލްސާގައި ބައިވެރިވުމަށް ޚިޔާރުކުރާ ބީލަންވެރީންގެ މަންދޫބުންގެ ހާޟިރުގައި، ވަގުތުން ބީލަންތައް ހުޅުވޭނެއެވެ.
8. ބީލަން ހުށަހަޅާއިރު ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެއެވެ.