ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)LHAH-AH/LHAH/2015/11
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 26 މޭ 2015 15:00
ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޭޝިއަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކޭޝިއަރ

މަޤާމް

ޖީ. އެސް. 3

މަޤާމުގެ ރޭންކް

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން

2 (ދޭއް)

ބޭނުންވާ އަދަދު

4465.00 ރުފިޔާ

މުސާރަ

1500.00 ރުފިޔާ

ސަރވިސް އެލަވަންސް

ޅ. އަތޮޅު ހޮސްޕިޓަލް

މަސައްކަތް ކުރަންޖެހޭ ތަން

ބަޖެޓް ސެކްޝަން

ސެކްޝަން

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ ޝަރުޠު

- އާމްދަނީގެގޮތުގައި ލިބޭ ފައިސާ، ޤަވާޢިދާ އެއްގޮތަށް ލިބިގަތުމާއި، ޖަމާކުރުމާއި، ރެކޯޑް ބެލެހެއްޓުން.

- އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމާއި، ނުލިބިފައިވާ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

- އާސަންދައިގެ ދަށުން ފައިސާ ލިބޭ ކަންތައްތަކަށް ބިލްހަދައި، ކަނޑައެޅިފައިވާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ފޮނުވާ ފައިސާ ލިބެމުންދޭތޯ ކަށަވަރުކުރުން.

- އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކަށް ލިބޭ އާމްދަނީ ފައިސާ، މަރުކަޒުތަކާ މުޢާމަލާތުކޮށް މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ކްރެޑިޓަށް ޚިދްމަތް ހޯދާ ފަރާތްތަކަށް ހަދާ ބިލްތައް ޗެކްކުރުން.

- ފައިސާ ލިބޭ ކަންތައްތަކުގެ ޑޭޓާބޭސްއެއް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

- ފައިސާއާބެހޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ކޭޝް ފްލޯ ހެދުން.

- ކްރެޑިޑް ސްކީމްތަކަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދެއްކުމާއި، ރެކޯޑްތައް ބެލެހެއްޓުން.

- ކަނޑައެޅިފައިވާ ޤަވާޢިދާ އެއްގޮތަށް ޕެންޝަން ފައިސާ ޖަމާކުރުމާއި ރެކޯޑް ބެލެހެއްޓުން.

- ކުރެވޭ ޚަރަދުތަކަށް އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ވީހާވެސް އަވަހަށް ރައްދުކުރުން.

- އާމްދަނީގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ބެލެހެއްޓުން.

- އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް

- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން ބަންދުދުވަހުގެ އެލަވަންސް.

- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.

- ޑިޔުޓީ އުޞޫލުން މަސައްކަތްކުރާނަމަ، ޑިޔުޓީ އެލަވަންސް.

 

އިތުރު ޢިނާޔަތްތައް

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ވަޒީފާއަށް އެދޭ ފޯމް ޅ. އަތޮޅު ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ނޯޓް: މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބަލައެއް ނުގަނެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިއެޓްކޮށްފައިވާ ނުވަތަ އެކްރެޑިއެޓް ކޮށްދޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން)

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭގޮތަށް ދޫކޮށްފައިވާ ލިޔުންތައް.

 

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި

- ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު، ޤާބިލުކަމާއި ސިފަތަކަށް ބަލައި، އިންޓަވިއުއިން އެންމެމަތީ މާކްސް ހޯދާ މީހެކެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ، ޅ. އަތޮޅު ހޮސްޕިޓަލުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށްއެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚުން ފެށިގެން 5 ހަފުތާގެ ތެރޭގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

 

އިންޓަވިއު ކުރުން

މި  މަޤާމަށް  ކުރިމަތިލާ  ފަރާތްތަކުން  ވަޒީފާއަށް  އެދޭފޯމް  ހުށަހެޅުމުގެ  އެންމެފަހުގެ  ތާރީޚަކީ  2015 މެއި 26 ވަނަ ދުވަހުގެ 15:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ ޅ. އަތޮޅު ހޮސްޕިޓަލުންނެވެ.

ސުންގަޑި

އިތުރު މަޢުލޫމާތު ހޯދަން ގުޅާނީ 6620048 ނަންބަރު ފޯނަށެވެ.

އިތުރު މަޢުލޫމާތު

25 ރަޖަބު 1436

14 މޭ 2015