ދިވެހިރާއްޖެ
އިޢުލާނު
ފ. އަތޮޅު ސްޓޭޓްހައުސްގެ 08 ކޮޓަރީގެ ފާޚާނާގައި ކުރަންޖެހޭ މަސައްކަތްތަކާއި ފާޚާނާތަކުގައި މިހާރުހުރި ބައެއް ތަކެތި ބަދަލު ކުރުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)237-PR/237/2024/14 (08 މޭ 2024) އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ މަސައްކަތްތަކަށް ބަދަލު އައިސްފައިވާތީ އެ އިޢުލާން ބާޠިލުކޮށް މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
1. މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2024 ޖޫން 09 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގައި ރަޖިސްޓްރީވާން ޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް، މި ބީލަމުގެ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތު މިއިދާރާގެ ޕްރޮކިއުމެންޓް އީ މެއިލަށް ([email protected] ) ފޮނުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ބީލަން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
2. ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2024 ޖޫން 25 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ. އަތޮޅު ސްޓޭޓްހައުސް ކޮޓަރިތަކުގެ ފާޚާނާތައް މަރާމާތު ކުރުމާގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
3. ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލާއި، ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ އިތުރުން މިބީލަމާގުޅޭ މަޢުލޫމާތުތައް މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. މަޢުލޫމާތު ކަރުދާސް މި އިދާރާގެ ވެބްސައިޓުން (www.faafu.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ.
މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6740017 އަށް ގުޅުއްވުން އެދެމެވެ.