މަސައްކަތް
ނަންބަރު: (IUL)94-Q/1/2015/20
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 17 މޭ 2015 14:00
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ޤާނޫނީ ލަފާ ދެއްވާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ       

މިޑިޕާޓްމަންޓުގައި މިހާރު ޢަމަލުކުރަމުންދާ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާއި ޤާނޫނީ ލަފާ ދެއްވާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)94/Q/1/2015/19) އިޢުލާނާ ގުޅިގެން ވަނީ މަޢުލޫމާތު ދެވިފައެވެ. އެހެންނަމަވެސް އިޞްލާޙު ގެންނަން ބޭނުންވަނީ އިމިގްރޭޝަން ޤާނޫނު އެކަނި ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިޑިޕާޓްމަންޓްގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިޑިޕާޓްމަންޓަށް (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

22 ރަޖަބު 1436

11 މޭ 2015