މަސައްކަތް
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2024
ޕަބްލިޝްކުރި ގަޑި: 08:15
ސުންގަޑި: 05 ޖޫން 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މި ރަށު ގަބުރުސްތާނުގެ ވިނަތައް ނޮޅާ ސާފުކޮށް، ނޮޅާވަޅިން ކުދިވިނަތައްވެސް ނޮޅާ، ބޮޑެތި ގަސްތައް ބުޑުން ނަގާ، ގަސްނެގި ވަޅުގަނޑުތަކަށް ފަސްލާ ރީތިކޮށްދީ ކުނިތައް އަމިއްލަ ހަރަދުގައި ޕިކަޕްގައި ކުނިކޮށްޓަށް ގެންގޮސް އުކާލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 5 ޖޫން 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކޯޓޭޝަން (އަގާއި މުއްދަތު އެނގޭނެގޮތަށް) ހުށަހެޅުއްވުން އެދެމެވެ. ހުށަހެޅުންތައް ކެނޑުން އޮންނާނީ އެ ދުވަހުގެ 13:05 ގައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4000311 ނުވަތަ އީމެއިލް [email protected]  އަށް މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.

      

30 މޭ 2024