މަޤާމު:
|
ކައުންސިލް އެސިސްޓެންޓް
|
|
ބޭނުންވާ އަދަދު:
|
05
|
|
މަޤާމުގެ ގިންތި:
|
ކޮންޓްރެކްޓް - 2 އަހަރު
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
|
|
މުސާރަ:
|
3100.00 ރުފިޔާ.
|
|
ސަރވިސް އެލަވަންސް:
|
1000.00 ރުފިޔާ.
|
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓީންކޯ އެލަވަންސް: މަހަކު 1200.00 ރުފިޔާ.
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މަހަކު 1085.00 ރުފިޔާ.
- މިނިމަމްވޭޖް އެލަވަންސް: މަހަކު 835.00 ރުފިޔާ
|
|
މަޤާމުގެ އަސާސީ ޝަރުޠުތައް:
|
ލިޔަން ކިޔަން އެގުން.
ނޯޓް:
ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:
|
|
|
- ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،
- ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،
- ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރގެ ލަފާ އާއި އިރުޝާދުގެމަތިން ކުރުން.
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
- ކައުންސިލުން ކަނޑައަޅާ ޢިޖްތިމާޢީ ސަރަޙައްދުތައް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުނިކަހާ ސާފުކުރުން
- ކައުންސިލުން ކަނޑައަޅާ ޢިޖްތިމާޢީ ސަރަހައްދުތައް ސާފުކޮށް ޒީނަތްތެރިކޮށްފައި ބެހެއްޓުން
- ކައުންސިލުން ކަނޑައަޅާ ޢިޖްތިމާޢީ ސަރަޙައްދުތަކުގައި ހެދިފައިވާ ގަސްތައް ކޮށާ ބެލެހެއްޓުން
- ޙާއްސަ މުނާސަބަތުތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން
- ކައުންސިލް އިން އަންގާ ގޮތެއްގެ މަތިން ކުޅިވަރުކުޅޭ ބިންތަކުގެ ވިނަނޮޅާ ކުނިކަހާ ސާފުކޮއް ބެލެހެއްޓުން
- ކައުންސިލް އިން ކަނޑައަޅާ ގޮތެއްގެ މަތިން އިޖްތިމާއީ ސަރަހައްދުތަކުގައިވާ ޑަސްބިންތައް ސާފުކުރުން
- ކައުންސިލްއިން ކަނޑައަޅާ ގޮތެއްގެ މަތިން ރަށުގެ ވިޔަފާރި ބީޗްއާއި އާއްމު ބީޗްތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
- ކައުންސިލްއިން ކަނޑައަޅާގޮތެއްގެމަތިން ރަށުގެ މަގުތަކުގެ އަޑިގުޑަންތައް ފިލުވުމުގެ މަސައްކަތް ކުރުން
- ރަށުގެ ތަރައްޤީއަށްޓަކައި ކައުންސިލުންރާވާ އެކިއެކި ކަންކަމުގައި ކައުންސިލުން އަންގާ ގޮތެއްގެ މަތިން ބައިވެރިވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢްލީމާއި ތަމްރީން.
- ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ.
- ލިބިފައިވާ ހުނަރު.
|
އިންޓަވިއު ކުރުން
|
- މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 09 ޖޫން 2024 އާއި 11 ޖޫން 2024 އާ ދެމެދު، ދ.މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ދ.މާއެނބޫދޫ ކައުންސިލްގެ އިދާރާއަށެވެ.
|
އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ ތަކެތި:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ފޯމް ލިބެންހުންނާނީ ރަސްމީގަޑީގައި، ދ،މާއެނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން، އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mvއިން ޑައުންލޯޑް ކުރެވޭނެއެވެ.
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރުމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢްތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢްލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
- މަސައްކަތު ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުއް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ އެއް.
|
މަޢްލޫމާތު ސާފްކުރުން
|
މި އިއްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6760595 ނަންބަރަށެވެ. އީމެއިލްކުރައްވާނީ [email protected] އަށެވެ.
|