ދެންނެވުން
ނަންބަރު: 153-SE/IUL/2024/11
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 13 ޖޫން 2024 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރެއް ޢައްޔަނުކުރުން

އިޢުލާން

 

ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރެއް ޢައްޔަނުކުރުން

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، ރާއްޖޭގެ އެންމެ ފުރިހަމަ ތަޢުލީމީ މަރުކަޒުކަމުގައާއި ސަރަޙައްދުގެވެސް އެންމެ ރަނގަޅު މިފަދަ ތަންތަނުގައި ތެރޭގައި ހިމެނުމަށް މަސައްކަތް ކުރާ މަރުކަޒެކެވެ. ޔުނިވަރސިޓީ ކައުންސިލަކީ، ޔުނިވަރސިޓީ ހިންގާ އެންމެ އިސް މަޖިލިހެވެ. މި މަޖިލިހުގައި މަތީ ތަޢުލީމާބެހޭ ވަޒީރު އައްޔަންކުރާ ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ހިމެނެއެވެ. ފިޝަރީޒް، އޯޝަން ސައިންސަސް އެންޑް އެގްރިކަލްޗަރ ދާއިރާއިން، މެންބަރަކު ޔުނިވަރސިޓީ ކައުންސިލަށް އައްޔަންކުރަން ބޭނުންވާތީ، ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތިލެއްވުން އެދެމެވެ.

މެންބަރުކަމުގެ ޝަރުޠު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ހިމެނޭ ޝަރުޠުތައް ތިރީގައި އެވަނީއެވެ.

(ހ)

ޢުމުރުން 18 އަހަރު ފުރިފައިވުން.

(ށ)

އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(ނ)

މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މިޤާނޫނުގެ 14 ވަނަ މާއްދާގެ (ކ) ގައިވާ މެންބަރުގެ ޢުމުރު، މިމާއްދާގެ (ހ) ގައިވާ ޢުމުރަށްވުން ލާޒިމެއްނޫނެވެ.

(ރ)

މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

(ބ)

ބުއްދިހަމައަށްހުރި މީހަކު ކަމުގައިވުން.

(ޅ)

ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤް ހުރި މީހަކު ކަމުގައިވުން؛

(ކ) 

ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން؛

(އ)

އިފްލާސްކުރެވިފައިވާ މީހަކުކަމުގައި ނުވުން.

 

މަތީގައިވާ ކަންކަމުގެ އިތުރަށް، ޔުނިވަރސިޓީގެ ދާއިމީ މުވައްޒަފަކާ އާއިލީ ގުޅުމެއް ނެތުމާއި ވާދަވެރި އެހެން ޔުނިވަރސިޓީ/ކޮލެޖަކަށް ނިސްބަތް ނުވުން މުހިއްމެވެ.

މެންބަރުކަމުގެ ޢިނާޔަތްތައް

ހާޒިރުވާ ކޮންމެ ޖަލްސާއަކަށް، އެއީ ސަބްކޮމިޓީގެ ޖަލްސާއެއް ކަމުގައި ވިއަސް، އެއް ހާސްރުފިޔާގެ ރަމްޒީ ޢިނާޔަތެއް ދެވެއެވެ.

 

ކުރިމަތިލާނޭ ގޮތް

މަތީގައި ބަޔާންކުރެވުނު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ސޮއިކޮށްފައިވާ ސީވީއާއި އައި.ޑީ. ކާޑު ކޮޕީއެއް [email protected] އަށް 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ކުރުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3345124 އާ ގުޅުން އެދެމެވެ.

ނޯޓް

ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ޢައްޔަނުކުރަނީ މަތީ ތަޢުލީމަށް ޒިންމާވާ ވަޒީރެވެ. މެންބަރުން ޢައްޔަނުކުރަނީ، ޔުނިވަރސިޓީ ކައުންސިލްގެ ނޮމިނޭޝަން ކޮމިޓީއިން އެކުލަވާލާ ލިސްޓެއްގެ ތެރެއިންނެވެ.

 

 

22 ޛުލްޤަޢިދާ 1445

30 މޭ 2024

01 ޖޫން 2024