ބީލަން
ނަންބަރު: (IUL)88-PS/88/2024/40
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:24
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު ނަންބަރު: 2016/R-69 ގެ ދަށުން ކުރެވުނު އިޢުލާން ނަންބަރު: IUL)88-PS/88/2024/37) (30 މޭ 2024) އަށް ފުރަތަމަ އިސްލާޙު ގެނައުން.

ގަވާއިދު ނަންބަރު: 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު އިޢުލާން ނަންބަރު: IUL)88-PS/88/2024/37) (30 މޭ 2024) އަށް ފުރަތަމަ އިސްލާޙު ގެނައީމެވެ.

 

ފުރަތަމަ އިސްލާޙު:

އިޢުލާން ނަންބަރު: IUL)88-PS/88/2024/35) (30 މޭ 2024) ގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށް އަދި ފަޅު ކުއްޔަށް ދިނުމަށް ކަނޑައެޅިފައިވާ ލީޒް އެކުއިޒިޝަން ކޮސްޓްއާއި އެއްގޮތްވާ ގޮތުގެމަތިން އެކުއިޒިޝަން ކޮސްޓް ހިސާބު ކުރުމުގައި ދިމާވި ކުށަކާއި ގުޅިގެން ތިރީގައި ބަޔާންކުރެވިފައިވާ ފަޅުގެ އެކުއިޒިޝަން ކޮސްޓަށް އަންނަނިވި އިސްލާޙު ގެނައީމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގަވާއިދު ނަންބަރު: 2016/R-69 ގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން ހުށަހަޅާ ޕްރޮޕޯސަލްއާ އެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. 

 

މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

01 ޖޫން 2024