ދިވެހިރާއްޖެ
އިޢުލާން
ކ. ގުރައިދޫގައި ގާޑިޔާ ވިޔަފާރި ކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމަށް ކުރި ނަންބަރު (IUL)338-AHR/338/2024/41 އިޢުލާނާއި ގުޅިގެން ބިޑްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު 11 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް ބަދަލުކުރެވި، ބިޑް ހުށަހެޅުން 12 ޖޫން 2024 ވާ ބުދަ ދުވަހުގެ 13:00 އަށް ބަދަލުކުރެވިފައިވާކަމުގައި ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 11 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރާ ކޮންމެ ޕްލޮޓަކަށް 150.00 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ. ތިރީގައިވާ އެކައުންޓަށް ރަޖިސްޓްރޭޝަން ފީ ޖަމާކުރެއްވުމަށްފަހު ރަޖިސްޓަރ ކުރެވުނުތޯ ކަށަވަރު ކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.
Secretariat of Guraidhoo Council, Male’ Atoll |
Account name: |
7730000004843 |
Account no: |
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން އިޢުލާނެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ރަޖިސްޓްރީކުރަން ބޭނުންވާ ޕްލޮޓް ނަންބަރު
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން
- އައިޑީ ކާޑު ނަންބަރު
- އީމެއިލް އެޑްރެސް
- ގުޅޭނެ މޯބައިލް ނަމްބަރު
ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކާއި ރަޖިސްޓްރީކުރުމަށް މެއިލް ނުކުރާ ފަރާތްތަކަށް އަދި ރަޖިސްޓްރީ ފީ ނުދައްކާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
31 މެއި 2024