ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)368/368/2024/30
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2024
ޕަބްލިޝްކުރި ގަޑި: 22:06
ސުންގަޑި: 11 ޖުލައި 2024 12:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިއްގަރުން ބަންޑާރަ ގޯތި ދޫކުރުމާގުޅޭ

ދިއްގަރުން ބަންޑާރަ ގޯތި ދޫކުރުމާގުޅޭ

                       މުލަކަތޮޅު ދިއްގަރުން ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި 1500 (ފަނަރަސަތޭކަ) އަކަފޫޓްގެ 70 (ހަތްދިހަ) ގޯތި ދޫކުރުމަށް ނިންމާ، ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފީމެވެ.

ފޯމު ދޫކުރުން:

2024 ޖޫން 02 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާރާއިން.

(ފޯމު މިއިދާރާގެ ވެބްސައިޓް www.dhiggaru.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ފޯމް ބަލައިގަތުން:

2024 ޖޫން 23 ވާ އާދީއްތަ ދުވަހުން ފެށިގެން 2024 ޖުލައި 11 ބުރާސްފަތި ދުވަހުގެ ނިޔަލަށް، މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގައި

( ހެދުނު 9.30 ން 12.00 އަށް ރަސްމީގަޑީގައި )

 

މިއިޢުލާނާއިއެކު "މ. ދިއްގަރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާގުޅޭ އުޞޫލު" އާއި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު އަންގައިދޭ ޗާޓް އަދި ބަންޑާރަ ގޯއްޗަށްއެދި ހުށަހަޅާ ފޯމު ޝާއިޢު ކުރީމެވެ.

30 މޭ 2024