ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)368-AS/368/2024/29
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2024
ޕަބްލިޝްކުރި ގަޑި: 21:01
ސުންގަޑި: 13 ޖޫން 2024 14:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޕޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކޮންސަލްޓަންޓެއް ހޯދުން

އިޢުލާން

އިންޕޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކޮންސަލްޓަންޓެއް ހޯދުން   

                       މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ ހިންގުން ހަރުދަނާކުރުމަށް އިންޕޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރަންހުރި މަސައްކަތްތައް ރަނގަޅު ފެންވަރެއްގައި ކުރުމަށާއި އެކަމަށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރުމަށް އިންފޮމޭޝަން ޓެކްނޮލޮޖީ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތެއް ހޯދަން ބޭނުންވެއެވެ.

ފެންވަރު ނުވަތަ ޝަރުތު

މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓާރމްސް އޮފް ރެފަރެންސް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ޕްރޮޕޯސަލް ހުށަހެޅުން:

ޕްރޮޕޯސަލް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް މި އިދާރާގެ [email protected] އީމެއިލް އަށެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ 2024 ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް ޕްރޮޕޯސަލްއެއް ބަލައެއް ނުގަނެވޭނެއެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު 11 ވަނަ ނަމްބަރުގައިވާ ޕްރޮޕޯސަލް އާއިއެކު ހުށަހަޅަންޖެހޭ ކުރިހައި ލިޔެކިޔުމެއް ހުށަހަޅަން ވާނެއެވެ.

ކޮންސަލްޓަންޓަކު ހޮވުން:

މި މަސައްކަތް ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތުގެމަތީން ޓެކްނިކަލް އިވެލުއޭޝަން ހެދުމަށްފަހު އޭގެތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށެވެ. މިމަސައްކަތަށް ހޮވޭ ފަރާތުން ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކުގެ އަސްލާއެއްގޮތްކަމުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން މި އިއުލާނާއި އެކުގައިވާ ޓާރމްސް އޮފް ރެފަރެންސާއި އެއްގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.

މިބީލަމާއި ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

29 މޭ 2024