ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2024/114
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 06 ޖޫން 2024 13:00
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ސޯޝަލް ސަރވިސަސް ކޯޑިނޭޓަރ

އިޢުލާނު

 

މަޤާމު:

ސޯޝަލް ސަރވިސަސް ކޯޑިނޭޓަރ

މަޤާމުގެ ނަންބަރު:

J-400443

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 8 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ހުޅުމާލެ

ސެކްޝަން:

ކޭސް މެނޭޖްމަންޓް ޑިވިޜަން

މުސާރަ:

14,126.00 ރުފިޔާ

ސަރވިސް އެލަވަންސް:

6,592.00 ރުފިޔާ

ހާޟިރީ އެލަވަންސް:

178.00 ރުފިޔާ

އެހެނިހެން އެލަވެންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، ޢާއިލީ ގުޅުން ބަދަހިކުރުމަށާއި، ހެޔޮގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އުފައްދައި، މިކަންކަމަށް މުޖްތަމަޢު ހޭލުންތެރިކުރުވުން.
  • އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަތޮޅުތަކުގައި ގާއިމްކުރާ ނިޒާމުގެ ދަށުން ރަށު ފެންވަރުގައި ދެވޭ ޚިދުމަތްތަކުގެ ތެރެއިން އެކި ބާވަތްތަކުގެ އަނިޔާ ނުވަތަ ހައްޤަކަށް އުނިކަމެއް ލިބިގެން ހުށަހެޅޭ                މައްސަލަތަކުގައި ކަމާގުޅުންހުރި ގަވާއިދުތަކާއި އުޞޫލުތަކާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ހިނގަމުންދޭތޯ ބަލައި ކަށަވަރުކުރުމާއި، އެ މަސައްކަތްތައް ވިލަރެސްކުރުން.
  • އެކި ބާވަތުގެ ހާނިއްކަ ލިބިފައިވާ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސް މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ކަމާގުޅޭ އެހެން ދާއިރާތަކުން މަސައްކަތްކުރާ މިންވަރު އަތޮޅު ފެންވަރުގައި ބަލައި، ވިލަރެސްކޮށް، ލަފާދީ، އެ ކަންތައްތަކުގައި ހަރުދަނާ ރިޕޯޓިންގ ނިޒާމެއް ގާއިމްކޮށް ހިންގުން.
  • އަތޮޅުތަކުގައި ހުންނަ ސެންޓަރުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ލަސްވެފައިވާ މައްސަލަތައް ބަލައި މޮނިޓަރކޮށް، އެފަދަ މައްސަލަތަކުގައި ޢަމަލުކުރަންވީގޮތުގެ ލަފަޔާއި އިރުޝާދު ދިނުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާރަތަކަށް  ހުށަހެޅޭ މައްސަލަތައް ބަލައި މޮނިޓަރކޮށް، އެ މައްސަލަތަކުގައި ޢަމަލުކުރަންވީގޮތުގެ ލަފަޔާއި އިރުޝާދު ކޭސް ވޯކަރުންނަށްދިނުމާއި މައްސަލަ ކުރިއަށް ގެންދިއުމުގައި އެފަރާތްތަކަށް އެހީތެރިވެދިނުން.
  • ކޭސް ވޯކަރުންގެ ކޭސް ލޯޑް ނިސްބަތުން ގިނަވެ ނުނިމި ހުރި ކޭސްތައް ނިންމުމުގެ މަސައްކަތުގައި އެހީތެރިވެދިނުމާއި އެފަދަ ކޭސްތައް ނިންމުމުގައި ބައިވެރިވުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާރަތަކަށް  ހުށަހެޅޭ މައްސަލަތަކުގައި ސެންޓަރުތަކުން އަމަލުކޮށްފައިވާ ގޮތާއި މަސައްކަތްތައް ކޮށްފައި ހުންނަނީ މިނިސްޓްރީގެ ފަރާތުން އެކުލަވާލައިފައިވާ ޕްރޮސީޖަރ މެނުއަލްގައިވާ ގޮތުގެ މަތިންތޯ ބެލުމަށާއި، މައްސަލަތަކުގައި ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ އިރުޝާދު ޤަވައިދުން ދިނުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާރަތަކަށް   ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ބާއްވާ ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ އެ ކޮންފަރެންސްތަކުގައި މަޝްވަރާކުރެވޭ މައްސަލަތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް ނިންމާ ނިންމުންތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާރަތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެންނާއި މައްސަލަތަކުގައި މަސައްކަތްކުރާއިރު ދިމާވާ ދަތިތަކާއި ހުށަހެޅޭ މައްސަލަތަކުގައި ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ޑިޕާޓްމަންޓްގެ ފަރާތުން އަންގަންޖެހޭ މުހިއްމު ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެފް.ސީ.އެސް.ސީތަކާއިއެކު ކޯލް ކޮންފަރެންސްއެއް ބޭއްވުން.
  • އެކި ބާވަތުގެ ހާނިއްކަ ލިބިފައިވާ ކުޑަކުދިންގެ ޢާއިލާތަކަށް ޚިދުމަތްދިނުމަށްޓަކައި ސީއެފް.ޕީ.އެސްއާއެކު މަސައްކަތްކުރުމާއި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމާގުޅޭ އެހެން ދާއިރާތަކުން މަސައްކަތްކުރާ މިންވަރު އަތޮޅު ފެންވަރުގައި ބަލައި ވިލަރެސްކުރުމުގައި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާރަތަކަށް ބޭނުންވާ ލަފާދިނުމާއި، އެ މަސައްކަތުގެ ރިޕޯޓު ގަވާއިދުން ޑިޕާޓްމަންޓްއަށް ލިބޭނެ ނިޒާމެއް އެކަށައަޅައި، ރިޕޯޓުތައް ހޯދުން .
  • ސެންޓަރުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ސެންޓްރަލް ލެވަލްގައި ކުރަންޖެހޭ މަޝްވަރާތައް ވިލަރެސް ކުރުމާއި އެ މަޝްވަރާތަކާއި ގުޅިގެން ނިންމޭ ނިންމުންތައް ތަންފީޒްކުރުން.
  •   މުވައްޒަފުންގެ މަސައްކަތްތައް މޮނީޓަރކޮށް އެޕްރައިޒަލް ފޯވަހިތެރޭގައި އެ މުވައްޒަފުންގެ އެޕްރައިޒަލް ފުރައި ނިންމުމާއި، ސިވިލް ސަރވިސްގެ ގަވާޢިދުގެ ދަށުން މަސައްކަތްތައް ރިވިއުކުރުން.
  • މިނިސްޓްރީ އަދި ސީ.އެފް.ޕީއެސްއަށް ހުށަހެޅޭ ކޭސްތަކާއި ގުޅިގެން ޖަވާބުދާރީވާން ޖެހޭ ފަރާތްކަށް ކަނޑައެޅިފައިވާ އުސޫލްގެ މަތިން ޖަވާބުދާރީވުން.
  • މަސައްކަތުގެ ދާއިރާއިން އޮފީހުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ކައުންސެލިންގ 
  • ސޯޝަލް ވޯރކް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ސޯޝަލް ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 6 ޖޫން 2024 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން)  އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] )މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 6 ޖޫން 2024 އާއި  6 ޖުލައި 2024 އާ ދެމެދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އުމަރު ޒާހިރު އޮފީސް އިމާރާތް، ، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން) 2ވަނަ ފަންގިފިލާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

31 މޭ 2024