މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/115
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 19 މޭ 2015 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
2 ވެހިކަލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

ތ. އަތޮޅު ހޮސްޕިޓަލުގެ ތިރީގައި މިދަންނަވާ 2 ވެހިކަލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީގެ ނަންބަރު IUL)23-AP/1/2015/103)ފ(04 މޭ 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ތ. އަތޮޅު ހޮސްޕިޓަލުގެ ތިރީގައި މިދަންނަވާ 2 ވެހިކަލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

- ތ. ގާދިއްފުށީ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް (ރަޖިސްޓަރީ ނަންބަރު: BIA3390)

- ތ. ތިމަރަފުށީ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް ( ރަޖިސްޓަރީ ނަންބަރު: BIA4185)

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 19 ވާ އަންގާރަ ދުވަހުގެ 13:00އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 25 ވާ ހޯމަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

23 ރަޖަބު 1436       

12 މޭ 2015