ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-CA/417/2024/105
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2024
ޕަބްލިޝްކުރި ގަޑި: 20:17
ސުންގަޑި: 06 ޖޫން 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން

1445 ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 06 ޖޫން 2024 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމްގައި ބޭންކުން ފުރިހަމަކުރަންޖެހޭ ބައެއް އޮތުމުން މިއީ ވަގުތު ބޭނުންވާނެ ކަމެކެވެ. ވީމާ، ކުރިން ދުރާލާ ވަގުތު އޮއްވައި ފޯމްގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކުރުމަށްފަހު، ފޯމް އާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކާއިއެކު ފޯމް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                    

30 މޭ 2024