ދިވެހިރާއްޖެ
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
މާލެ،
ދިވެހިރާއްޖެ.
ނަންބަރު: IAS/MIS/2024/822
ޢިއުލާން
ނީލަން ކިއުން
މިކުންފުނީގައި ބޭނުންކޮށްފައިހުރި ބައެއް ބައު ސާމާނު ނީލަމުގައި ވިއްކާލުމަށް ބޭނުންވާތީ، މިތަކެތި ނީލަން ކިއުން04 ޖޫން 2024ވާ އަންގާރަ ދުވަހުގެ 10:15ގައި ވެލާނާއިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހުންނަ މިކުންފުނީގެ ހެންގަރުގައި އޮންނާނެއެވެ.
މި ނީލަމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި އޮންނަ ނީލަމަށްވާތީ، އެއަރޕޯރޓު ފާސްހެދުމަށްޓަކައި، މިނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 02 ޖޫން 2024ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން އައިލެންޑް އޭވިއޭޝަން ހެޑް އޮފީހުގެ ރިސެޕްޝަނަށް އައި.ޑީ.ކާޑު ކޮޕީ އެބޭފުޅަކާއި ގުޅޭނެ ނަމްބަރެއް ޖައްސަވާފަ ހުށަހެޅުއްވުން އެދެމެވެ.
22 ޛުލްޤަޢިދާ 1445
30 މެއި 2024