މަސައްކަތް
ނަންބަރު: (IUL)32-A/1/2015/36
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 18 މޭ 2015 11:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ފޮޓޯކޮޕީމެޝިން ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ފޮޓޯކޮޕީމެޝިން ސަރވިސް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އޮފީހުގެ ނަންބަރު IUL)32-A/1/2015/34)ފ(30 އެޕްރީލް 2015) އިޢުލާނާ ގުޅިގެން މި އޮފީހުގައި ބޭނުންކުރަމުންގެންދާ 4 (ހަތަރެއް) ތޮޝިބާ ފޮޓޯކޮޕީމެޝިން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް އަމިއްލަ ތަކެތީގައި ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރުމުން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 18 ވަނަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 21 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދެންނެވީމެވެ.

25 ރަޖަބު 1436  

14 މޭ 2015