ތަމްރީނު
ނަންބަރު: (IUL)RDC-HRM-RDC-2024-26
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2024
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 13 ޖޫން 2024 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން

ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމްގެ ދަށުން މި ކޯޕަރޭޝަންގެ ތިރީގައިމިވާ ދާއިރާތަކަށް ބައިވެރިން ބޭނުންވެއްޖެއެވެ.

ދާއިރާ:

 އެސިސްޓެންޓް ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު:

02 (ދޭއް)

ގިންތި:

ކޮންޓްރެކްޓް (06 މަސް)

އެލަވަންސް:

މަހަކު -/5000 ރުފިޔާ

މަސައްކަތް ކުރަން ޖެހޭތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ.  ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

- 2024 ޖޫން 31 އަށް 21 އަހަރު ފުރިފައި ނުވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-          ކޯޕަރޭޝަންގެ ޤަވައިދާއި ޕޮލިސީތަކާއި ޚިލާފު ނުވާނެގޮތެއްގެ މަތިން ޕެޓީ ކޭޝް އާއިބެހޭ އެންމެހާ މަސައްކަތްތައް ކުރުން.

-          ކޯޕަރޭޝަންގެ މާލީބަޔާނާއި ޚަރަދު ރިޕޯޓްތައްޔާރު ކުރުމުގައި އެހީތެރިވެދިނުން.

-          ކޯޕަރޭޝަންގެ ކުރިއަށް އޮތް އަހަރުގެ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

-          ފައިނޭންސް ޑިޕާޓްމަންޓުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެ ފޮނުވުމާއި، އެކިފަރާތްތަކުން އަންނަ ލިޔުންތަކަށް ޖަވާބުދީ އެލިޔުންތަކުގެ ރިކޯޑް ބެލެހެއްޓުން.

-          ކަނޑައެޅިފައިވާ މަސައްކަތާއި ގުޅޭ އެހެނިހެން ލިޔެކިޔުން ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.

-          ކޯޕަރޭޝަންއަށް ލިބޭ އިންވޮއިސްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

-          މަހުން މަހަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

-          ޕޭމަންޓް ވައުޗަރތައް ސްކޭންކޮށް ދުވަހުން ދުވަހަށް ފައިލްކުރުން.

-          މިނޫންވެސް މަޤާމާއި ގުޅޭގޮތުން ޑިޕާރޓްމަންޓްގެ އިސްވެރިޔާ ޙަވާލުކުރާ ކުންފުނީގެ މަސައްކަތް ކުރުން.

ސުންގަޑި:

މިޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 12:00  ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ އީ-މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ފޯމު ބަލައިގަނެވޭނެ މުއްދަތު އިތުރުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު.
  2. ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. 18 އަހަރުން މަތި ނަމަ ދޫކުރިފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  6. ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް 18 އަހަރުން ދަށުގެ ބައިވެރިން ބެލެނިވެރިޔާގެ އިޤުރާރު.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

-    މި ދާއިރާތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖޫން / ޖުލައި މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

22 ޛުލްޤަޢިދާ 1445

30 މޭ 2024