ދިވެހިރާއްޖެ
ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމްގެ ދަށުން މި ކޯޕަރޭޝަންގެ ތިރީގައިމިވާ ދާއިރާތަކަށް ބައިވެރިން ބޭނުންވެއްޖެއެވެ.
ދާއިރާ: |
އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
ގިންތި: |
ކޮންޓްރެކްޓް (06 މަސް) |
އެލަވަންސް: |
މަހަކު -/5000 ރުފިޔާ |
މަސައްކަތް ކުރަން ޖެހޭތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މާލެ ސައިޓްގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން. - 2024 ޖޫން 31 އަށް 21 އަހަރު ފުރިފައި ނުވުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޑިޕާރޓްމަންޓަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކްއެސްޓް ހެދުމާއި ތަކެތި ޕްރޮކިއުމަންޓް އާއި ގުޅިގެން ހޯދުން، އަދި އެޑްމިން މަސައްކަތް ކުރުމާއި އެހީތެރިވުން. - އޮފީހުގެ އެކި ޑިޕާރޓްމަންޓްތަކުން އަންނަ ސާރވިސް ރިކްއެސްޓްތައް ބަލައިގަނެ އެމަސައްކަތްތައް އެކަމަކާއި ގުޅޭ ޔުނިޓަކާއި ހަވާލުކޮށް ކުރިޔަށް ގެންދިއުން. - ޑިޕާރޓްމަންޓްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ އިތުރުގަޑީގެ މަސައްކަތުގެ ރިޕޯޓް އެކުލަވައިލުމާއި، މުއައްޒަފުންގެ އެޓެންޑެންސްތައް އެޅުމާއި ޗެކްކުރުން - ޑޭޝްބޯރޑްހެދުމާއި، ޑިޕާރޓްމަންޓްގެ މީޓިންގ ޔައުމިއްޔާ ނަގައި، ލިޔުން. - ރަށްރަށަށް ފޮނުވޭ ތަކެތީގެ ބޯޓު ނޯޓާއި ޑެލިވަރީ ނޯޓުތަކުގައި ސޮއިކުރުވައި ފައިލް ކުރުވުން. - ވެހިކަލްތަކުގެ އޮޕަރޭޝަން ލޮގް އެކުލަވައިލުމާއި ބެލެހެއްޓުން. - ލޮޖިސްޓިކް މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން. - މީގެ އިތުރުން އޮފީހުގެ ވެރިން އަންގަވާ އެކި އެކި އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން. |
ދާއިރާ: |
އެސިސްޓެންޓް ޕްރޮޑަކްޝަން އޮފިސަރ |
ބޭނުންވާ އަދަދު: |
- 02 (ދޭއް) |
ގިންތި: |
- ކޮންޓްރެކްޓް (06 މަސް) |
އެލަވަންސް: |
- މަހަކު -/5000 ރުފިޔާ |
މަސައްކަތް ކުރަން ޖެހޭތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މާލެ ސައިޓްގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން. - - 2024 ޖޫން 31 އަށް 21 އަހަރު ފުރިފައި ނުވުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ސައިޓަށް ކޮންމެ ބޭނުންވާ އައިޓަމެއް ޕެޓީ ކޭޝްގެ ތެރެއިން ގަންނަން ޖެހިއްޖެ ހާލަތެއްގައި އެއެއްޗެއް ވީހާވެސް އަވަހަކަށް ހޯދުމަށް މަސައްކަތްކުރުން. - ސައިޓްތަކަށް ބޭނުންވާ މެޓީރިއަލް އާއި އެހެނިހެން ސާމާނުތައް މަސައްކަތަށް ދަތިނުވާނެ ގޮތަށް ސައިޓްތަކަށް ގެންދިއުމަށް ދުރާލާ ރޭވުން. އަދި މެޓީރިއަލް ނުލިބި ލަސްވާނަމަ އެކަން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޑިޕާޓްމަންޓުގެ ވެރިންނަށް އަންގައި އެކަމަށް ޙައްލުހޯދުން. - ޕްރީކސްޓްކުރާ އައިޓަމްތަކުގެ މިކްސިންގ ރޭޝިއޯއާއި ލަކުޑި މޯލްދުތައް ދެވިފައިވާ މިންތަކަށް ފެތޭތޯ ރަނގަޅަށް ޗެކްކުރުމަށްފަހު ކޮންމެ އައިޓަމެއްވެސް ތައްޔާރުކުރުން. - މުވައްޒަފު ސުޕަވައިޒް ކުރުމަށް ހަވާލުކުރެވިފައިވާ ސައިޓުގައި ކުރަންޖެހިފައިވާކަމަށް ފާހަގަކުރެވޭ އެހެނިހެން މަސައްކަތްތައް ހުރިނަމަ އިސްވެ އެކަމެއް ފާހަގަކޮށް ޑިޕާޓްމަންޓުގެ ވެރިންގެ މަޝްވަރާއެކު އެކަމެއް ކުރިއަށް ގެންދިއުން. - މުވައްޒަފު ސުޕަވައިޒް ކުރުމަށް ހަވާލުކުރެވިފައިވާ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މަސްލަޙަތު ފުށުއަރާ އެއްވެސް ކަމެއް ހިނގާނަމަ ލަސްނުކޮށް އެކަން ވެރިންނަށް ރިޕޯޓުކޮށް ވެރިންގެ މަޝްވަރާމަތިން ޙައްލުކުރުމަށް މަސައްކަތްކުރުން. - މުވައްޒަފު ސުޕަވައިޒް ކުރުމަށް ހަވާލުކުރެވިފައިވާ ސައިޓުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު އެއްވެސް ބޭނުމެއްގައި އެހެން ޑިޕާޓްމެންޓެއްގެ ބޭނުމަށް ފޮނުވަން ޖެހޭނަމަ އެކަން ސަބަބާއެކު އެވަގުތަކު ޑިޕާޓްމަންޓު ހިންގުމާ ޙަވާލުވެހުރި ވެރިއަކަށް އެންގުން. - ސައިޓުތަކުގެ މަސައްކަތްތައް ފެށުމަށް ކަނޑައަޅާފައިވާ ގަޑިއަށް ފެއްޓެވުމާއި، މަސައްކަތް ފެށިގަޑިއާއި ނިންމި ގަޑި ކޮންމެ ދަންފަޅިއެއްގެ މަސައްކަތް ނިމުމުން ސުޕަވައިޒަރަށް ރިޕޯޓްކުރުން. އަދި ކަނޑައަޅާ އުޞޫލާއެއްގޮތަށް ލޮގުކުރަމުން ގެންދިއުން. - ދުވަހުގެ މަސައްކަތްތައް ނިންމުމަށްފަހު މެޝިންތަކާއި ހިފައި ގެންގުޅޭ އެހެނިހެންތަކެތި ސާފުކޮށްފައި ހުރިކަން ޔަޤީންކުރުމާއި އެފަދަ ތަކެތި ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓިފައިހުރިތޯ ބެލުން. - ޕްރޮޑަކްޝަން ޑިޕާޓްމެންޓުން ކުރަންޖެހޭ މަސައްކަތްތަކާއި ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތައް ނިންމަންޖެހޭ ތާރީޚްތަކަށް ނިންމުން. - މާލެ ޕްރޮޑަކްޝަން ސައިޓުން ޑިސްޕެޗްކުރާ ތަކެތި ނުވަތަ ސްޓޮކްޔާޑަށް ގެންދެވޭ ތަކެތި ޑިސްޕެޗް/ ޓްރާންސްފަރ ނޯޓާ އެއްގޮތަށް ޢަދަދުތައް ކަށަވަރުކުރުމަށްފަހުގައި ދޫކުރުން. - މީގެއިތުރުންވެސް ކޯޕަރޭޝަންގެ ފަރާތުން ނުވަތަ ޑިޕާޓުމަންޓުގެ ފަރާތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން. |
ސުންގަޑި: |
މިޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ އީ-މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ފޯމު ބަލައިގަނެވޭނެ މުއްދަތު އިތުރުކުރެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި ދާއިރާތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖޫން / ޖުލައި މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
22 ޛުލްޤަޢިދާ 1445